September 20, 2024 03:48
Advertisement

-Advertisement-

ތަޝްކީލް: ލޯބިވާ މަންމަގެ އެހީތެރިކަމާއި އެކު ކާމިޔާބު ދަރިއަކަށް

އަންހެނަކަށް ކުރާނެ އިހުސާސް އެންމެ ރަނގަޅަށް އެނގޭނީ އަންހެނަކަށޭ ބުނާ ގޮތަށް، އަންހެން ދަރިފުޅަކަށް އެންމެ ބޮޑު އެހީތެރިކަމެއް ވެވޭނީ މަންމައަށް ކަން މިއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.

އާއިޝަތު ތަޝްކީލް އާންމުކޮށްކިޔާ ނަމުން ނަމަ ތައްކި ބުނަނީ، އޭނާގެ އެންމެ ބޮޑު ސަޕޯޓް ސިސްޓަމަކީ މަންމަކަމަށެވެ. އެންމެ ކުޑައިރުން ފެށިގެން މަންމަ ބުނަމުން އަންނަނީ ކިޔެވުން ހުއްޓާނުލުމަށެވެ. ކިޔަވަން ލިބޭ ފުރުސަތުތައް ބޭނުންކުރުމަށް އަބަދުވެސް ނަސޭހަތްދޭކަމަށް އޭނާ ބުނެއެވެ.

ދަރިފުޅާއި ފިރިމީހާ އާއި އެކު ތައްކި

ކައިވެނި ކުރިފަހުން ކިޔެވުމަށް ބޭނުންވާ އެހީތެރިކަން ފިރިމީހާގެ ފަރާތުން ވެސް ފުރިހަމައަށް ލިބެމުން އަންނަކަމަށް ތައްކި ވަނީ ބުނެފައެވެ. ވިލާ ކޮލެޖުގައި ޑިގްރީއަށް ކިޔަވާ ކުދިންގެ ލެކްޗަރަރ އަދި ކޯޑިނޭޓަރއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނައިރު އިތުރު ވަގުތުގައި މެގަޒިންއަކަށް އާޓިކަލްސް ލިޔަމުން އަންނަކަމަށް ތައްކި ވަނީ ބުނެފައެވެ. އަދި ޕާރޓް ޓައިމް ކޮންސަލްޓެންޓެއެއްގެ ގޮތުގައިވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.  

Advertisement

މީގެ ދެއަހަރު ކުރިން ޔުނިވަރސިޓީ އޮފް މިނެސޯޓާ އިން މާސްޓަރސް ޑިގްރީއަށް ކިޔެވުމަށް ކުޑަދަރިފުޅު ބަހައްޓާފައި އެމެރިކާއަށް ދިއުމުން ވަރަށް ގިނަ ބަޔަކު އޭނާއަށް ފާޑުކިޔާފައިވާކަމަށް ބުންޏެވެ. މިގޮތުން ދަރިފުޅު އެއްލާލާފައި ކިޔަވަން ދިޔަކަމަށް ވަރަށް ގިނަ މީހުން ވަނީ ބުނެފައެވެ.

" އަޅުގަނޑުގެ ހުރި ހަމައެކަނި ދަރިފުޅު ބަހައްޓާފައި އެހާ ދުރު ޤައުމަކަށް ދާން ޖެހުމުން ހިތަށް ކުރެވުނު އިހުސާސް އެނގޭނެ އެހެން މީހަކު ނުވެސް ހުންނާނެ. ކިޔަވަން ދިއުމުން ދަރިފުޅުގެ ހުރިހާ ކަމެއް ބަލަހައްޓާފައިވަނީ މަންމަ އާއި ފިރިމީހާ. އެމެރިކާ ސަރުކާރުން ދޭ 'ފުލް ބްރައިޓް ސްކޮލާރޝިޕް' ގައި ކިޔަވަން ދިޔައީ. އެޕްލައި ކުރީ ސްކޮލަރޝިޕް ލިބޭނެ ކަމުގެ އެއްވެސް އުންމީދެއްގައި ނޫން. އަމިއްލައަށް ކިޔަވަން ދާނެ ފެންވަރު ނެތުމުން ސްކޮޕަރޝިޕް ލިބުމުން ވަރަށް އުފާވި." ތައްކި ބުންޏެވެ.

ލޯބިވާ މަންމަ އާއި އެކު ތައްކި

މިއީ އެމެރިކާ ސަރުކާރުން ހުޅުވާލި 2 ސްލޮޓްގެ ތެރެއިން 2 ކުދިންނަށް ދިން ފުރުސަތެއްކަންވެސް ތައްކި ފާހަގަކުރިއެވެ. މާސްޓަރސް ހަދާފައި ވަނީ އެޗް.އާރްގެ ދާއިރާއިންނެވެ. އެޗް.އާރް ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ އޭލެވެލް ނިންމުމަށްފަހު ޓުއަރިޒަމް މިނިސްޓްރީގައި ވަޒީފާ އަދާކުރިއިރު ރިސޯޓްތަކަށް ގޮސް އުޅުމުގެ ތެރޭގައިކަމަށް ވަނީ ބުނެފައެވެ. ޑިގްރީ ހަދާފައިވަނީ ޓުއަރިޒަމްގެ ދާއިރާއިންނެވެ.

ގްރޭޑް 12 ނިންމި ހިސާބުން ޓީވީއެމްގެ އިނގިރޭސި ޚަބަރު ކިޔަން ފުރުސަތު ލިބ ދިޓީވީގެ އިތުރުން ވީޓީވީގައި ވެސް ތައްކި ވަނީ އިނގިރޭސި ޚަބަރު ކިޔާފައެވެ. މިއީ ޕާރޓް ޓައިމްކޮށް ކުރަމުން އައި މަސައްކަތެއްކަމަށް ތައްކި ބުނެއެވެ. އެ ޗެނަލްތަކުގައި ބައެއް ޕްރޮގްރާމްތައް ވެސް ވަނީ ހުށަހަޅައިދީފައެވެ.

ޓީވީ އެއްގައި ޚަބަރު ކިޔަނީ

އަންހެނަކަށް ވީމަ ހަޔާތުގެ އެކި ހިސާބުތަކުގައި އެކި ކަންކަމާއި ކުރިމަތިލާން ޖެހުނު ނަމަވެސް އަބަދުވެސް ހިތްވަރާއި އެކު ކުރިއަށް ދެވެނީ މަންމައާއި ފިރިމީހާގެ ފަރާތުން ލިބެމުން އަންނަ ހިތްވަރުން ކަމަށް ތައްކި ބުނެއެވެ. އަދި މިހާރު ތައްކިގެ ހުރިހާވެސް އުންމީދަކީ ޕީ.އެޗް.ޑީ އާއި ހަމައަށް ކިޔެވުންކަމަށް ވަނީ ބުނެފައެވެ.

+1
7
+1
44
+1
5
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް