ކުރިން ނޫސްވެރިއެއް، މިހާރު ޕޭސްޓްރީ ވިޔަފާރީގައި

މަރިޔަމް ސާލިޔާ މުޙައްމަދު، އެކުވެރިން ކިޔާ ނަމުންނަމަ ސާލި އަކީ ކުރިން ނޫސްވެރިއެކެވެ. ހަވީރު ނޫހުގެ ދުވަސްވަރު ވިޔަފާރިއާއި އިގްތިސާދާއި ގުޅޭ ޚަބަރުތައް ލިޔުނެވެ. ނޫސްވެރިކަން ދޫކުރުމަށްފަހު ދެންދިޔައީ މެލޭޝިއާއަށެވެ. "ބިޒްނަސް ކިޔަވަން ދިޔައީ، އެކަމަކު ބިޒްނަސް ކިޔެވިއިރުވެސް އަލްޓިމޭޓް ގޯލްއަކީ ފުޑް ބިޒްނަސްއެއް ފެށުން، ދެން އެކަޑަމީ އޮފް ޕޭސްޓްރީ އާޓް މެލޭޝިއާ، ފެނުނީމަ ހިތަށްއެރީ ޕޭސްޓްރީއަށް ޖޮއިން ކުރާނީއޭ" ސާލި ކިޔައިދިނެވެ. 2018ވަނަ އަހަރު ފަހުކޮޅު އެ އެކަޑަމީން 'އެޑްވާންސް ސެޓިފިކެޓް އިން ޕޭސްޓްރީ' […]
އެލީޓް މެޑިކަލް ސެންޓަރ: އަމާޒަކީ އެންމެ ހިދުމަތް ރަނގަޅު ކްލިނިކަށް ހެދުން

ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކުގެ ބާރުބޮޑު މާހައުލަށްވުރެ ފަސޭހަކަމާއެކު ހިދުމަތް ހޯދުމަށް ގިނަބަޔަކު ހިޔާރުކުރަނީ އަމިއްލަ ކްލިނިކްތަކެވެ. މާލޭގައި ގާއިމްކޮށްފައިވާ ގިނަ އަމިއްލަ ކްލިނިކްތަކަކީ އާސަންދައިގެ ހިދުމަތާއި އެކު ގިނައިރު ކިއުގައި މަޑުކުރަން ނުޖެހި ޑޮކްޓަރަށް ދައްކާލެވޭ ތަންތަނެވެ. ގ. ރަތްވިލާ ގޯޅީގައި ހުންނަ އެލީޓް މެޑިކަލް ސެންޓަރަކީވެސް މިފަދަ ކްލިނިކެކެވެ. އެލީޓް މެޑިކަލް ސެންޓަރުން އަމާޒު ހިފާފައިވަނީ ކޮވިޑްގެ ހާލަތުން އަރައިގަނެ ހިންދެމިލެވޭ ހިސާބުން ރާއްޖޭގެ އެއްވަނަ ނަމްބަރު ކްލިނިކަށް ހެދުމަށެވެ. އެލީޑް މެޑިކަލް ސެންޓަރުގެ […]
ފޮޓޯ: ލިޔެލާ ޖެހުމަށް އެންމެ މަޝްހޫރު ބ.ތުޅާދޫގެ ލިޔެލާ ޖެހުމުގެ މަސައްކަތް

ލިޔެލާ ޖެހުމަށް ރާއްޖޭގައި އެންމެ މަޝްހޫރު ރަށަކީ ބ.ތުޅާދޫ އެވެ. އާމްދަނީ ހޯދުމަށް މިމަސައްކަތްކުރާ އެކި އުމުރުފުރައިގެ މީހުން މިހާރުވެސް ތުޅާދޫގައި އުޅެއެވެ. ފޮޓޯ: ހަމްނާ ރަޝީދު