ޑރ.ޖުމެއިލަތު: ބަލިމީހުންނަށް ފަރުވާ ދެއްވުމުގައި 25 އަހަރު

ޑރ.ޖުމެއިލަތު ބޭގަމް އަކީ ސިއްޙީ ދާއިރާގައި ފާހަގަކޮށްލެވޭ ޑޮކްޓަރެކެވެ. ވޭތުވެދިޔަ 25 އަހަރުތެރޭގައި އެތައްހާސް ބަޔަކަށް ފަރުވާދެއްވާފައިވާ ނަމޫނާ ޑޮކްޓަރެކެވެ. ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް ހިތްހެޔޮކަމާއި އޯގާތެރިކަމާއިއެކު ފަރުވާ ދެއްވާ ޑޮކްޓަރެކެވެ. ސިއްޙީ ދާއިރާއިން، ޢާންމު ސިއްޙަތު ކުރިއެރުވުމާއި، ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ވަނީ ލިބިވަޑައިގެންފައެވެ. ޑރ.ޖުމެއިލަތު ބޭގަމް ވެރިރަށް މާލެއަށް އުފަން ޑރ.ޖުމެއިލަތު ބޭގަމް އެންމެފުރަތަމަ ތަޢުލީމު ހާސިލްކުރެއްވީ އަމީނިއްޔާ ސުކޫލުންނެވެ. އެއަށްފަހު އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން […]
ކުރިން ހާބަރު ކަޑައެއްގައި، މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް

ނ.މަނަދޫ ހުޅަނގުގޭ އަޙްމަދު ހާރޫން(ބަގޭ)، އުފަންރަށް ދޫކުރައްވާ މާލެ ވަޑައިގެން ތައުލީމް ހާސިލްކުރެއްވުމަށް އަހުމަދިއްޔާގައި އުޅުއްވި ދުވަސްވަރު ހާބަރު ކަޑައެއްގައި ކޭޝިއަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. މި ބުނާ ކަޑައިގައި 1998 ހިސާބުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ކޮންމެ ރެއަކުހެން ބައިސްކަލުގައި ތިންބޭފުޅުން އެކަޑައަށް ވަޑައިގަންނަވައެވެ. އެ ތިން ބޭފުޅުން ވަޑައިގެން ކަޑައިގައި ތިއްބަވައިގެން ދައްކަވާ ސިޔާސީ ވާހަކަތަކުގެ އަޑުތައް އިވިއިވި ސިޔާސީ ކަންކަމަށް ލޯހުޅުވެން ފެށިއެވެ. އެތިން ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް […]
ކަނަމަދު ގުޅަ

ބޭނުންވާ ތަކެތި: 2 ޖޯޑް ކަނަމަދު 1 ޖޯޑް ހަކުރު 1 ސައި ސަމުސާ އެސެންސް ތައްޔާރުކުރާނެގޮތް: ކަނަމަދު ހިމުން ކޮށްލާށެވެ. މާ ބޮޑަށް ހިމުންވީމަ މީރެއް ނުވާނެއެވެ. ކޮންމެވެސް ވަރަކަށް ކަނަމަދު އަނގައިގަ ޖެހޭ ވަރަށް ހުރުމުން ރަނގަޅުވާނެ އެވެ. ނުވަތަ ތައްޔާރުކުރައްވާ ފަރާތަކަށް ކަމުދާވަރަކަށް ބެހެއްޓިދާނެއެވެ. އުނދުން މައްޗަށް ތަވާ އުދުމަށްފަހު ކުޑަކޮށް ހޫނުވަންދެން މަޑުކޮށްލާށެވެ. ތަވާ ހޫނުވުމުން ހަކުރު ކޮޅު ތަވައަށް އަޅާލާށެވެ. މަޑުގިނީގައި 3 މިނިޓެއްހާއިރު ބެހެއްޓުމުން ހަކުރުތައް ވިރެން ފަށާނެއެވެ. […]
ސަމީރު - ތަފާތުވިޔަސް، ތަފާތު ހުނަރުތަކާއެކު ތަފާތުދެއްކުމުގައި

"އަންނާށެ ދާން ހިލަން އުދު. ރަންޒަމާން ދިވެހީންގެ ދެކޭން. ކަން އޮތްގޮތް އިހު ދެކޭން" މިއީ ދާދިފަހުން އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރުވެގެން ދިޔަ ލަވައެއްގައި އިވޭ ތިންބަހުގެ ރައިވަރެކެވެ. ވީޓީވީ އިން ގެނެސްދިން 'ޤައުމުގެ ދުލުން' ލަވަ މުބާރާތުގައި އާއިޝަތު ޖޫނީ ޖިނާހުގެ ހިތްގައިމު އަޑުން އިވުނު މި ރައިވަރުގެ އަޑު ކަންފަތުގައި ޖެހުމާއެކު، ދިވެހިންގެ އާދަކާދައާއި ސަޤާފަތުގެ ކުލަރީތި ތަސްވީރެއް ދައްކުވައިދޭ މިފަދަ ރައިވަރެއް މިޒަމާނުގައި މިހާ ފުރިހަމައަށް ހެދީ ކާކުބާއޭ ހިތަށްއެރިއެވެ. ޒީޓައިމްސް އިން […]