ފޮޓޯ: މަސްއޮޑި މަހުން ލެފީމާ، މަސްބައި ގެއަށް ގެނައިމާ، މަސް ލާރިއަށް މިހަދަނީ، މަސްވެރިވި އަންހެނުންނޭ

މަސްވެރިކަމަކީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެކެވެ. ޒަމާނުއްސުރެ ގިނަ އަދަދެއްގެ ދިވެހިން މިމަސައްކަތް ކުރުމުގައި ހަރަކާތްތެރިވާއިރު، ޒަމާނާއި އެއްގޮތަށް މަސްވެރިކަން ކުރާގޮތްވެސް އަންނަނީ ބަދަލުވަމުންނެވެ. ކުރިއާ އަޅާބަލާއިރު ގިނައަދަދެއްގެ ޒުވާނުން މަސްވެރިކަން ކުރުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މަސްކައްކައި ހިއްކައިގެން އާމްދަނީ ހޯދާމީހުން އެކި ރަށްރަށުގައި ދިރިއުޅޭއިރު މިފަރާތްތަކުން ކުރާ ބުރަމަސައްކަތުގެ އަގު ވަޒަން ކުރަންޖެހެއެވެ. ގއ.ވިލިނގިލީގައި މަސްކައްކާ މަންޒަރު ދައްކުވައިދޭ މިފޮޓޯތައް ނަގާފައިވަނީ: މޫމިނާ ސަލީމް
އަނާރާ: ދީނީގޮތުން ހޭލުންތެރިކުރުވުމުގައި ފާހަގަކުރެވޭ ކަނބަލެއް

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޛާ އަނާރާ ނަޢީމް ފާހަގަކުރެވިފައިވަނީ ދީނީގޮތުން ހޭލުންތެރި ކުރުވުމަށް މަސައްކަތްކުރައްވާ ކަނބަލެއްގެ ގޮތުގައެވެ. ދީނީގޮތުން ހޭލުންތެރި ކުރުވުމަށް ޚާއްސަ ވީޑިއޯ މެސެޖު ސޯޝަލް މީޑިއާގައި މިހާރުވެސް ގެންދަވަނީ ހިއްސާ ކުރައްވަމުންނެވެ. އަނާރާ ނަޢީމް ހއ.ކެލާ އަށް އުފަން އަނާރާ ނަޢީމް އުމުރުން 9އަހަރު ވަންދެން އުޅުއްވީ ކެލާގައެވެ. އޭގެފަހުން މާލޭގެ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުއްވަނީ މާލޭގައެވެ. ޢާއިލާގައި ތިއްބަވަނީ މަންމައާއި ބައްޕަގެ އިތުރުން އެއްބަޑު އެއްބަފާ ބޭބެ އަދި […]
ހާދިސާ: މަގުއްދޫ ކުއްޖާ މިއީ ކޮންކުއްޖެއް؟

ގދ.ނަޑެއްލާގައި ކުރީޒަމާނުގައި ގެދޮރު އަލިކަލޭގެފާނު ނަމަކަށްކިޔާ ފަންޑިތަވެރިއެއް އުޅުނެވެ. މިކަލޭގެފާނު ހަދާ ފަންޑިތައިގެ މޮޅުކަމުން މީނާ ޖިންނިއެއްވެސް ގެންގުޅެއެވެ. އެދުވަސްވަރު ނަޑެއްލާގައި އާދަޔާޚިލާފަށް ގިނައިން މީހުން މަރުވާން ފަށައިފިއެވެ. މިކަމާއި ކަންބޮޑުވެގެން އެރަށުމީހުން އަލިކަލޭގެފާނު ގާތުގައި މިވާހަކަ ދައްކަން ފެށުމުން އަލިކަލޭގެފާނު ޢަމަލުކުރިގޮތަކީ މިކަން ދިމާވާން މެދުވެރިވާގޮތެއް ބެލުމަށް ޖިންނިއަށް އެންގިއެވެ. ޖިންނި ބެލުމަށްފަހު ޚަބަރުދިން ގޮތުގައި މިކަމަކީ ކަޅެހިގިއްލާގެ މައިފުރޭތަ ކިޔާ ފުރޭތައެއް ކުރާކަމެކެވެ. ކަޅެހިގިއްލާއަކީ ކުރިން ވަރަށްގިނަ މީހުން އުޅުނު ރަށެކެވެ. މިފުރޭތައިގެ ނުބައިކަމުން […]
ގޯލްބްލެޑާގައި ހިލައުފެދެނީ ކީއްވެ؟

ގޯލްސްޓޯން ނުވަތަ ގޯލްބްލެޑާގައި އުފެދޭ ހިލައަކީ ގޯލްބްލެޑާއަށް ޖަމާވާ ޙަޖަމުކުރަން އެހީވެދޭ ފްލުއިޑްގެ ހަރު ބައިތަކެވެ. ގޯލްބްލެޑާއަކީ ބަނޑުގެ ކަނާތްފަރާތުގައި އޮށެއްގެ ބައްޓަމަށް އިންނަ ގުނަވަނެކެވެ. އެ ގުނަވަން އިންނަނީ ފުރަމޭގެ ތިރީގައެވެ. ގޯލްބްލެޑާއިން ހިފަހައްޓައިދޭނީ ކުޑަކަމުދާ ހޮޅިން ބޭރުވާ ޑައިޖެސްޓިވް ފުލުއިޑެވެ. އެއަށް ކިޔަނީ ބައިލްއެވެ. ގޯލްސްޓޯން އުފެދޭއިރު އެކި ސައިޒުތަކަށް ހުރެއެވެ. ކުޑަ ވެލިފުކެއް ވަރަށްވެސް ހުރެދާނެއެވެ. އެހެންހުރެ ހިލަ ބޮޑުވަމުން ގޮސް ގޮލްފް ބޯޅައެއްގެ ސައިޒާ އެއްވަރަށްވެސް ބޮޑުވެދާނެއެވެ. ބައެއް މީހުންގެ އުފެދެނީ […]
ފިޓްޒޯން: ބޭނުން ދުވަހަކަށް ފިޓްކުރުމުގެ މަސައްކަތުގައި

ފިޓްޒޯން އަކީ 2014ވަނަ އަހަރު ހުޅުމާލޭގައި ހުޅުވި ފުރަތަމަ ޖިމެވެ. މިއީ ހުޅުމާލެއިން ވަރަށް ގިނަ މީހުން ފެރީގައި މާލެ ގޮސް ޖިމަށްދާކަން ފާހަގަކުރެވިގެން ވަރަށް އާދައިގެ ގޮތަކަށް ފެށި ޖިމެކެވެ. އެންމެ ފަންގިފިލާއެއްގައި ފެށި މިވިޔަފާރި މިހާރު ވަނީ އެއަށްވުރެ ބޮޑު ޖާގަހުރި ތަނަކަށް ބަދަލުކޮށްފައެވެ. ކޯވިޑަށްފަހު މާލީގޮތުން ދިމާވި ގޮންޖެހުންތަކާއެކު މުވައްޒަފުންނަށް މުސާރަދޭވަރުގެ އާމްދަނީއެއް ނުލިބުމުން ފިޓްޒޯން ހިންގުމުގައި އިސްކޮށް އުޅުނީ އެއްޢާއިލާއެކެވެ. އެއީ 24 އަހަރާއި 22 އަހަރާއި 18 އަހަރުގެ ތިން […]
ވީޑިއޯ: މާލޭ މަލަމަތީގެ ރީތިކަން ދައްކުވައިދޭ އަޖައިބު ކުރުވަނިވި ވީޑިއޯއެއް
