ހަކުރުލީ މާޅޮސްކެޔޮ

ބޭނުންވާތަކެތި: މާޅޮސްކެޔޮ (10ވައް) 1/2 ޖޯޑު ހަކުރު ތެޔޮ ތައްޔާރުކުރާނެގޮތް: މާޅޮސްކެޔޮތަކުގެ ބޭރު ރަނގަޅަށް ދޮވުމަށްފަހު ތޮށި މަށާށެވެ. އެއަށްފަހު ތުނިކޮށް ފޮތިފޮއްޗަށް ކޮށާށެވެ. ތަވައަށް ތެޔޮ އެޅުމަށްފަހު އުނދުންމައްޗަށް އުދާށެވެ. ތެޔޮފޮދު ހޫނުވާން ފެށުމުން މާޅޮސްކެޔޮ އަޅާށެވެ. ކުޑަކޮށް ކުލަ ބަދަލުވެ މުރަނަވުމުން ނަގާށެވެ. ތަވާ އުނދުންމައްޗަށް އުދާ ހަކުރުކޮޅެއް އަޅާ ކުލައަށް ބަދަލު އަންނަންދެން ހޫނުކޮށްލާށެވެ. އެއަށްފަހު ތެލުލި މާޅޮސްކެޔޮ އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ހަކުރުލީ މާޅޮސްކެޔޮ ދެގޮތަކަށް ތައްޔާރު ކުރެވިދާނެއެވެ. ދެވަނަގޮތަކީ މާޅޮސްކެޔޮ […]
ކެންސަރުގެ ފަރުވާއަށް ހުސައިން އެދެނީ ދީލަތި އެހީއަކަށް

ށ.މާއުނގޫދޫ އަށް އުފަން އުމުރުން 53އަހަރުގެ ހުސައިން މޫސާއަށް މިއަދު ކާއެތިކޮޅެއް ދިރުވާލަންވެސް އުދަގުލެވެ. އަނގައިގެ ކެންސަރަށް ފަރުވާ ހޯދަމުންދާ ހުސައިންއަށް ދިވެހިރާއްޖެއިން ދެވޭނެ އިތުރު ފަރުވާއެއް ނެތެވެ. ވީހާވެސް އަވަހަކަށް އެހެން ޤައުމަކަށް ގޮސްގެން ފަރުވާހޯދުމަށް ޑޮކްޓަރު ލަފާދެއްވާފަވާއިރު ބޭސްފަރުވާއަށް ހިނގާ ޚަރަދު އާސަންދައިންވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް އިތުރަށް ހިގާނެ ޚަރަދުތައް ހަމަޖައްސާނެ މާލީ ތަނަވަސްކަމެއް އާއިލާއަކު ނެތެވެ. ޒީޓައިމްސް އާއި، ވާހަކަދައްކަމުން އަސަރާއިއެކު ހުސައިން ބުނީ "އަޅުގަނޑަކަށް ނުވެސްކެވޭ. ހަމައެކަނި ދިޔާއެއްޗެހި ބޭނުންކުރަނީ" މިގޮތަށެވެ. […]
ފޮޓޯ: 900 އަހަރުވެފައިވާ ގެންމިސްކިތް

ގެންމިސްކިތަކީ ފުވައްމުލައްސިޓީގައިވާ އެންމެ ޤަދީމީ މިސްކިތެވެ. މިމިސްކިތް ބިނާކުރެވުނީ މީލާދީ ސަނަތުން 1398ގެ ކުރިން ކަމަށް މައުލޫމާތުލިބެއެވެ. މިމިސްކިތުގައި ވެވަކާއި ޒިޔާރަތެއް ހުރެއެވެ. ފޮޓޯ: އަހުމަދު އަލީ
ދުފުން ހުއްޓާލާ. ރާއްޖޭގައި އަނގައިގެ ކެންސަރު ގިނަވަނީ

ދުފުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރެއިން ގިނަބަޔަކު ޢާންމުކޮށް ކުރާކަމެކެވެ. ސުޕާރީ ނުވަތަ ފޯއް ނުދުފާ އެއްދުވަސް ވެސް ހޭދަނުކުރެވޭ ދިވެހިން ވަރަށް ގިނައިން އުޅޭކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. ޢާންމުކޮށް ކޮންމެ ދުވަހަކު ސުޕާރީކައި އުޅޭ މީހަކު ބުނިގޮތުގައި ފޫހިވިޔަސް ސުޕާރީ ކާލެވެއެވެ. ދުވާލަކު ކެވެނީ ކިތައްޕެކެޓު ސުޕާރީ ކަމެއް ގިނަ ޒުވާނުންނަކަށް ނުވެސް އެގެއެވެ. އަނގައިގެ ކެންސަރު ރާއްޖޭގައި ގިނަ ދުފުމަށް ބޭނުންކުރާ މިފަދަ އެއްޗެއްސަކީ ވަގުތީ ފައިދާއަށް ކާން ހެޔޮވާވަރު އެއްޗެއް ނޫނެވެ. ޒީޓައިމްސްއަށް މަޢުލޫމާތުދެއްވަމުން […]