ސުވަރުގޭގެ ނިޢުމަތްތައް ލިބޭނީ ފާފަތަކާއި މުންކަރާތްތަކާ ދުރުހެލިވާ މީހުންނަށް

މިއަދުގެ ހުކުރު ޚުތުބާގައި ފާހަގަކޮށްފައިވާގޮތަށް ސުވަރުގޭގެ ނިޢުމަތްތައް ލިބޭނީ ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވާ މީހުންނަށެވެ. އަދި މައިންބަފައިންނަށް އިޙްސާންތެރިވެ ފަރުޟު 5 ނަމާދު އަދާކޮށް ޒަކާތްދީ ރޯދަހިފައި ޞާލިޙު ޢަމަލު ކުރާ މީހުންނަށެވެ. ޚުތުބާގައިވަނީ މާތްﷲ އަށް ތަޤުވާވެރިވުމަށް ގޮވާލާފައެވެ. ދިންނަވައި ނަސީބު ލިބެނިވި މީހުންނަކީ ތަޤުވާވެރިންކަމަށާއި، ﷲ އަށް ބިރުވެރިވުމަށް އޮތް އެންމެ ރަނގަޅު ވަސީލަތަކީ ތަޤްވާވެރިވުން ކަމުގައި ބުނެފައިވެއެވެ. އަދި ސުވަރުގޭގެ އަހުލުވެރިންނަށްޓަކައި މާތްﷲ ތައްޔާރު ކުރައްވާފައިވާ ގަނޑުވަރުތަކަކީ އިންސާނަކު ދުވަހަކު ލޮލުން ނުދެކޭހައި […]
ފަޒޫ: ދަރިފުޅަށްޓަކައި ދައްކާ ހިތްވަރަށް ސާބަސް

ސޯޝަލް މީޑިއާއިން އަހަރެއްހާ ދުވަސްކުރިން ފޮޓޯއެއް ފެނުނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒުނާ އަޙްމަދު ކުޑަކުޑަ ކުއްޖެއް ނަންގަވައިގެން ހުންނެވި ފޮޓޯއެކެވެ. އެފޮޓޯ އަޅުގަނޑަށް ޚާއްސަމިވީ އެފޮޓޯގަ ފެންނަ ކުޑަކުޑަ އައިޝާ އައިލިޝް އިސްމާއީލް އާއި މަންމަ ފާތިމަތު ފަޒުލީނާ(ފަޒޫ) އަމީނިއްޔާގެ 75ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދުވުމުގައި ބައިވެރިވުމަށްފަހު ނަގާފައިވާ ފޮޓޯއަކަށް ވާތީއެވެ. އަޅުގަނޑުގެ ހިތަށްއެރީ އެހާބަލިކޮށް އުޅޭ ކުޑަކުއްޖަކު ގޮވައިގެން ގޮއްސަ ފަޒޫ އެދުވުން ފުރިހަމަކުރި ގޮތެވެ. އަޅުގަނޑު ދައްކަން މިއުޅެނީ އަމީނިއްޔާ ސުކޫލުގައި […]
ކެޔޮފަތުލީ ހުނިހަކުރު

ބޭނުންވާ ތަކެތި 2 ގަބުޅީގެ ހުނި ބައި ޖޯޑު ހަކުރު ދޮންކެޔޮ ފަތް ފުށްގަނޑު މޮޑުމަށް ބޭނުންވާ ފުށް ފެން ކުޑަ ލޮނުކޮޅެއް ކުޑަ ތެޔޮކޮޅެއް ތައްޔާރުކުރާނެ ގޮތް ގަބުޅީގެ ހުނިގޭނުމަށްފަހު، ހުނިކޮޅު ވަކިން ތައްޓަކަށް އަޅާލާށެވެ. އަދި އެއަށްފަހު ހަކުރާއި ހުނި ރަނގަޅަށް އެއްކޮށްލާށެވެ. އުނދުން މައްޗަށް ތަވާ އުދުމަށްފަހު އެއްކުރި ހުނި އަދި ހަކުރު ތަވައަށް އަޅާ މަޑު ގިނީގައި ބަހައްޓާށެވެ. އަދި އަވަސް އަވަހަށް ދޭފަތުން އެއްކުރަމުން ކައްކާށެވެ. ރީތި މުށި ކުލައަކަށް […]