ތާރީޚް: ކަޅުވަކަރު މިސްކިތް

ކަޅުވަކަރު މިސްކިތަކީ އައްސުލްތާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަަވަނަ މަހާރަދުންގެ ދިހަވަނަ އަހަރު ބިނާކުރެއްވި މިސްކިތެކެވެ. 1779އިން 1799އަށް ރަސްކަންކުރެއްވި މިރަދުންގެ ވާހަކަ ކަޅުވަކަރު މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެފައިވެއެވެ. ކުރިން މިމިސްކިތް ހުރީ މަޖީދީމަގާއި ކަރަންކާމަގާއި އިންވީ ހުޅަނގު އުތުރު ކަންމަތީގައެވެ. ވަރަށް ރީއްޗަށް ހަދައިފައިވާ މިމިސްކިތް 8 އޯގަސްޓް 1978ގައި އުވާލުމަށްފަހު 1 އޮކްޓޯބަރ 1978ގައި ސަރުކާރުން ނީލަން ކިޔައިފައިވެއެވެ. އެއިރު މިސްކިތް ނަގާފައިވަނީ ފުރަނަ ޓުއަރިސްޓް ރިސޯޓުންނެވެ. ކަޅުވަކަރު މިސްކިތަކީ އާސާރީ […]
ރާވެރިކަން ކުރާ މުދައްރިސް

ފ.ފީއައްޔަށް އުފަން ޢަލީ ނާޞިރު މިއީ މިޒަމާނުގައި ވަރަށް މަދުން ޒުވާނުންކޮށް އުޅޭ މަސައްކަތެއް ކަމުގައިވާ ރާއެރުމުގެ މަސައްކަތް މީގެ 10 އަހަރުކުރިން ފެށިގެން ކުރަމުން އަންނަ ދިވެހި މުދައްރިސެކެވެ. ރާއެރުމުގެ މަސައްކަތް އެންމެ ފުރަތަމަ ޢަލީ އަށް ދަސްވީ، އެއީ ޢަލީގެ ބައްޕަ ދިރިއުޅުމަށްކުރި މަސައްކަތަށްވުމުން ބައްޕަ ނިޔާވުމުގެ ކުރިން އެމަސައްކަތް ދަސްކޮށް ދިނުމުންނެވެ. އާމްދަނީ ހޯދުމަށް ޢަލީ އެމަސައްކަތް ކުރަންފެށީ ދިރިއުޅުމުގެ ހާލަތަށްއައި ބަދަލަކާއިގުޅިގެން އާމްދަނީ އިތުރަށް ލިބޭނެ މަސައްކަތެއް ނުކޮށް ނުވެގެން ކަމަށް […]
އިންޓަނެޓް ރައްކާތެރިކަމާއި މީޑިއާގެ މުހިއްމުކަން

އިންޓަނެޓަކީ ޑިޖިޓަލް މީޑިއާގެ އެއްބަޔެވެ. އެހެންކަމުން އިންޓަނެޓްގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މީޑިއާގެ ރޯލަކީ ވަރަށްވެސް ބޮޑުރޯލެކެވެ. އިންޓަނެޓްގައިވާ ކޮންޓެންޓަށް ބަލާއިރު ކޮންޓެންޓް ބެހިގެންދަނީ މައިގަނޑު ގޮތެއްގައި ޚަބަރާއި ނިއުސްލެޓާ، ވެބްސައިޓްތަކާއި، އިޝްތިހާރާއި، އިންޓަނެޓް ބޭސްޑް ޓީވީ އަދި ރޭޑިއޯ ޗެނަލްތަކާއި، މުނިފޫހި ފިލުވުމަށް ޚާއްސަވެގެންވާ ކޮންޓެންޓަށެވެ. ވެބްސައިޓްތަކުގެ ތެރޭގައި ވިޔަފާރި ވެބްސައިޓްތަކުން ފެށިގެން މިހާރު އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓަރފަދަ ސޯޝަލް މީޑިއާ ސައިޓްތައް ހިމެނެއެވެ. އެމޭޒަން ޕްރައިމް އާއި ނެޓް […]