އެވޮކާޑޯ ސެލަޑް

ބޭނުންވާތަކެތި: 2 އެވޮކާޑޯ 200ގ ކުކުޅު މަސް (ބޯންލެސް ޗިކަން) 1ފިޔާ 1 ކިޔުކަމްބާ ކޮރިއެންޑާ ފަތް 1 ލުބޯ ލޮނު އަސޭމިރުސް ތައްޔާރުކުރާނެގޮތް: ކިޔުކަމްބާ އަދި ފިޔާ ކުދިކޮށް ކޮށާށެވެ. އެވޮކާޑޯ ތޮށިގަޑު ނެއްޓުމަށްފަހު ކުދިކޮށް ކޮށާށެވެ. ކުކުޅުމަސް ކުދިކޮށް ކޮށުމަށްފަހު ރަހަލާވަރަށް ލޮނުކޮޅެއް އަޅާ މަސްކޮޅު ރޯފިލަންދެން ފިހެލާށެވެ. އެއަށްފަހު ކޮށާފަހުރި ކިޔުކަމްބާ، އެވޮކާޑޯ، ފިޔާ އަދި ފިހުނު ކުކުޅުމަސް އެއްކުރުމަށްފަހު އޭގެ އެތެރެއަށް ކޮރިއެންޑާ ފަތް، ލުބޯހުތް، އަސޭމިރުސް އަޅާ އެއްކޮށްލާށެވެ. […]
ދަރިން ރޯއިރަށް ބުނާހާ ކަމެއް ކޮށްދެންތަ؟ ނަތީޖާ ގޯސްވެދާނެ!

"ކުޑަކުޑަ ދަރިފުޅު ރޯލުމުން ހިތުގައި މަގޭ ހަމަ ޖެހިދެޔޭ! ކުޑަކުޑަ ލޮލަކުން ކަރުނަ ފެނުމުން ހިތަކަށް މަގޭ ހަމަ ކެތް ނުވޭ!" މިއީ ދިވެހި ޝާއިރަކު އެކުލަވާލާފައިވާ މަދަހައެއްގައި ބައްޕައެއްގެ އިހުސާސެކެވެ. ދަރިންނަކީ މާﷲ މައިންބަފައިންނާ ހަވާލުކުރެއްވި ބޮޑު އަމާނާތެކެވެ. އަދި ދެމަފިރިއެއްގެ ދިރިއުޅުން އުޖާލާކޮށްދޭ އަލިގަދަ ވޮށެވެ. އެހެންކަމުން އަޅުގަނޑުމެން ކޮންމެ މަޔަކާ ބަޕައަކުވެސް ބޭނުންވާނީ ދަރިން ހެޔޮ ގޮތުގައި ބަލާ ބޮޑުކުރުމަށެވެ. އިސްލާމްދީނުގެ ރިވެތި ގިއުގަނޑުގެ ތެރޭގައި ހެޔޮލަފާ ދަރިއެއްގެ ގޮތުގައި ދަރިން […]
ސިސްޓް ހުރޭތަ؟ އަވަހަށް ކަސްރަތު ކުރަން ފަށާ!

ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) ސަބަބުން ތަފާތު އެކި މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ. އެންމެ ހިތްދަތިކަމެއް ކުރިމަތިވަނީ އެއުފުލަންޖެހޭ ވޭނުގެ އިތުރަށް ދަރިމައިވުމުގެ މައްސަލަތަކާއި ކުރިމަތިލާންޖެހުމެވެ. ޒީޓައިމްސް އާއި ވާހަކަދައްކަމުން ޕީސީއޯއެސް ތަހައްމަލް ކުރަމުންދާ މީހަކު ބުނެފައިވަނީ "ވަރަށް ދެރަވޭ ބަނޑުބޮޑުނުވެ ގިނަދުވަސް ހޭދަވާތީ. މިހާރު ވަރަށްގިނަ ޑޮކްޓަރުންނަށް ދެއްކިއްޖެ. ބޭސްވެސް ކެވިއްޖެ. އަދި ހައްލެއްނާދޭ" މިގޮތަށެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ދިވެހިންތަކެއް މިއަދު ތަހައްމަލް ކުރަމުންދާ ކަމެކެވެ. ޕީސީއޯއެސް ނުވަތަ ކުދި ސިސްޓްތަކެއް ހުންނަނީ ހޯމޯންއަށް […]
ވީޑިއޯ: ކޯމަހުގެ ރީތި މަންޒަރުތަކެއް

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގިނަ އަދަދެއްގެ ކޯމަސް އުޅޭއިރު ވަރަށްފަހުން ވަނީ ހުދުކުލައިގެ ކޯމަހެއްވެސް ފެނިފައެވެ. ކޯމަހުގެ އާބާދީ ވަރަށް ބޮޑުތަން މަދުވަމުންދާކަމަށް ސައިންސްވެރިން ދަނީ ހާމަކުރަމުންނެވެ. މީގެ އެންމެބޮޑު އެއްސަބަބެއް ކަމަށް ބުނަނީ ބޮޑެތި ދާ ޖަހައިގެން މަސްވެރިކަންކުރުމެވެ. މިފަދަ ދަލުގެ ޝިކާރައަށް ކޯމަސްވެ އެއެއްޗެހި މަރުވާ ނިސްބަތް 1980ވަނަ އަހަރުން ފެށިގެން ދަނީ އިތުރުވަމުންނެވެ.