ކިޑްނީ އޮޕަރޭޝަނަށް ދަރިފުޅާއި ބައްޕަ ވަނީ އެޑްމިޓު ކުރެވިފައި

ހދ.ހަނިމާދޫ އަށް އުފަން އުމުރުން 43 އަހަރުގެ އިބްރާހީމް ޙަސަން އާއި ދަރިފުޅު އުމުރުން 13 އަހަރުގެ އައިޝަތު އާޔާ އިބްރާހީމް މިވަގުތު އޮތީ އިންޑިއާގެ ބެންގަލޫރުގެ އެންޔޫ ހޮސްޕިޓަލުގައި އެޑްމިޓުުކޮށްފައެވެ. ކައިރީގައި އެހީތެރިވުމަށްހުރީ އިބްރާހީމްގެ އަންހެނުން އަދި އާޔާގެ ދޮންމަންމަ ހއ.ހޯރަފުށީ ފާތިމަތު ޒިހުނާއެވެ. ޒީޓައިމްސްއާއި ވާހަކަދައްކަމުން ޒިހުނާ ބުނީ ފިރިމީހާގެ ކިޑްނީ އާޔާއަށް ދިނުމަށް މާދަމާ އޮޕަރޭޝަން ކުރަން ހަމަޖެހިފައިވާކަމަށެވެ. "ވަރަށްބޮޑު ރިސްކެއް ނަގަންޖެހެނީ. ޑޮކްޓަރުން ބުނީ އެހާ އުމުރުގެ ތަފާތުހުރި މީހެއްގެ ކިޑްނީ […]

ކޯޗު ނިސްތާރު: ބޭނުންވަނީ ޒުވާން ސުކޮޑް ކުރިއަށް ގެންދަން

ދިވެހި ފުޓްބޯޅައިގައި ޢަލީ ނިސްތާާރު މުޙައްމަދަކީ އާ ނަމަކަށް ނުވާނެއެވެ. އޭނާ އަކީ ދިވެހި ޕްރިމިއާލީގަށް ކުޅޭ ކްލަބް ގްރީން ސްޓްރީޓްސްގެ ހެޑްކޯޗެވެ. 1996ވަނަ އަހަރު މެލޭޝިއާގެ ސަންވޭ ކޮލެޖުގައި ތަޢުލީމު ހާސިލްކުރަން އުޅުނު ދުވަސްވަރު ރަގްބީ މެޗެއް ކުޅެގެން ކޮނޑުހުޅު ނެއްޓުނެވެ. އެއިރުވެސް ދިޔައީ މެލޭޝިއާގައި ދިވެހި ދަރިވަރުންގެ ފުޓްބޯޅަ ޓީމުގެ ކަންތައްތައް ރާވަމުންނެވެ.   1996"ގައި މެލޭޝިއާއިން ސްކޫލު ނިންމާފައި ކުޑަމޫސަގެ އިރުޝާދުގެ ދަށުން ހުރާއަށް ކުޅެންގޮސް ސީޒަން ނުފަށަނީސް އަނެއްކާ މެލޭޝިއާއަށް ކިޔަވަންދާން […]

ތާރީޚް: ކެޑޭރެ މިސްކިތް

ކެޑޭރެ މިސްކިތަކީ ފުވައްމުލަކުސިޓީގެ ވަރަށް އާސާރީ މިސްކިތެކެވެ. މިމިސްކިތަކީ 1550މ. ވަނަ އަހަރު ފުވައްމުލައް ދެވަނަ ފަހަރަށް ފަޅުވުމަށްފަހު 1555މ. ވަނަ އަހަރު އާބާދުވިއިރު ބިނާކުރެވުނު މިސްކިތެއް ކަމުގައި ބުނެއުޅެއެވެ. ފުވައްމުލައް އަލުން އާބާދުކުރެއްވުމަށް ލ.އަތޮޅުން ވަޑައިގަތް ބޭފުޅުންގެތެރޭޭގައި ހިމެނޭ ޢަލީ އަޑަފިކަލޭގެފާނު ބިނާކުރެއްވި މިމިސްކިތަކީ އާނުކަނޑައިގެން ނުވަތަ ވެލިގަލުން ބިނާކޮށްފައިވާ މިސްކިތެކެވެ. މިމިސްކިތުު ކައިރީގައި ހުރި ވެވުގެ އެތެރެއަށް ފަސްއެޅުމަށްފަހު ވަނީ އެތެރޭގައި ފެންވަޅެއް ބަހައްޓާފައެވެ. ކެޑޭރެ މިސްކިތުގެ ޤަބުރުސްތާނުގައި 40 ޙާފިޒުން ފަސްދާނުލެވިފައިވާކަމަށް ބުނެވެއެވެ. […]