އާއިލާއިން މަޢުލޫމާތުދޭގޮތުގައި އާޔާއާއި ބައްޕަގެ އޮޕަރޭޝަން ކާމިޔާބު

ހދ.ހަނިމާދޫ އަށް އުފަން އިބްރާޙީމް ޙަސަންގެ ކިޑްނީ ދަރިފުޅު އައިޝަތު އާޔާ އިބްރާޙީމް އަށް ދިނުމަށް އޮޕަރޭޝަން ކުރެވުނީ މިއަދު އެވެ. އިންޑިއާ ބެންގަލޫރުގެ އެންޔޫ ހޮސްޕިޓަލުގައި ކުރެވުނު މިއޮޕަރޭޝަންއާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އިބްރާޙީމްގެ އަންހެނުން ފާތިމަތު ޒިހުނާ ބުނީ މިވަގުތު އިބްރާހިމް އާއި އާޔާ ބާއްވާފައޮތީ އައިސޫޔޫގައި ކަމަށެވެ. " އޮޕަރޭޝަންގެ ހުރިހާކަމެއް ދިޔައީ ރަނގަޅަށް. މާދަމާ ހެދުނުގެ ވަގުތެއްގައި އިބްރާޙީމް އައިސީޔޫއިން ރޫމަކަށް ބަދަލުކުރާނެ ކަމަށް ޑޮކްޓަރު ބުނީ. އާޔާ އަދި ވެންޓިލޭޓަރުގައި […]
ޕޮލިޓެކްނިކް: އިގްތިސާދު ބިނާކުރާނެ ޒުވާނުން އުފެއްދުމުގައި

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނަކީ ރާއްޖެފަދަ އުފެއްދުންތެރިކަން މަދު އިމްޕޯޓަށް ބަރޯސާވާ ޤައުމެއްގައި އިޤްތިސާދު އާރާސްތު ކުރުމަށް ވަރަށް މުހިންމު ރޯލެއް އަދާކޮށްދޭނެ ދާއިރާއެއް ކަމަށް ތަޖްރިބާރުން ދެކެއެވެ. މިޤައުމުގެ އިގްތިސާދު ބިނާވެފައި މިވަނީ މައިގަޑު ގޮތެއެއްގައި ޓޫރިޒަމާއި، މަސްވެރިކަމާއި، ކޮންސްޓްރަކްޝަންގެ މައްޗަށެވެ. ޤައުމު އާރާސްތުކޮށް ބިނާކުރުމައްޓަކައި ދިވެހިން ވަޒީފާތަކަށް ނުކުމެ އިގްތިސާދުގައި އަމަލީގޮތުން ބައިވެރިވުމަކީ އިގުތިސާދު ހަރުދަނާކޮށް ކުރިއަރުވަން އެންމެ މުހިންމު ބަހާކަމުގައި އިގްތިސާދީ މާހިރުން ދެކެއެވެ. އިގްތިސާދުގައި ޒުވާނުން ބައިވެރިކުރުވޭނީ އެޒުވާނުންނަށް އެކަމުގެ ހުނަރާއި […]
ޑރ.ނާއިލާ: ފުޑް ސައިންސް އަދި ފުޑް ޓެކްނޮލޮޖީ ދާއިރާގެ އެންމެ ކުރީގައި

ސައިންސަސް/ފުޑްޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގައި އެއްމެފުރަތަމަ ޕީއެޗްޑީ ހެއްދެވީ ޑރ.އައިޝަތު ނާއިލާއެވެ. ދިވެހިރާއްޖެއަށް ބަލާއިރު މިދާއިރާގެ އެންމެ ތަޖުރިބާކާރު ބޭފުޅުންގެތެރޭގައި ޑރ.ނާއިލާ ހިމެނިވަޑައިގަންނަވައެވެ. ޕިއޯސައިންސްގެ އެއް މާއްދާއަކުން ފަސްޓް ޑިގްރީ އާއި މާސްޓަރސް ޑިގްރީ އާއި ޕީއެޗްޑީ ހައްދަވާފަ ތިއްބެވި ދިވެހިން ވަރަށް މަދެވެ. ޑރ.ނާއިލާ ފަސްޓް ޑިގްރީ އާއި މާސްޓަރސް ޑިގްރީ ހެއްދެވީ ސައިންސްގެ ދާއިރާއިންނެވެ. މިފަދަ ސްޕެޝަލައިޒްޑް ޓެކްނިކަލް ސައިންޓިސްޓުން ރާއްޖޭގައި ކިތަންމެ މަދު ނަމަވެސް އެއީ ރާއްޖެއަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ބައެކެވެ. ޑރ.ނާއިލާ ގދ.ފަރެސްމާތޮޑާއަށް […]