ކޮވިޑް-19 ރަށްތަކަށް، ފަރުވާ ކުޑަނުކުރޭ!

ކޮވިޑް-19 ރަށްރަށަށް ފެތުރުނަ ނުދޭން ކޮންމެ ރަށެއްގައިވެސް މަސައްކަތް ކުރާނެއެވެ. އެހެންނަމަވެސް ސުވާލަކީ ރަށްރަށުގައި އުޅޭއިރު އެރަށެއްގެ މީހުން ނުވަތަ ބޭރުން އައިސް ރަށަށް އަރާ މީހުން މިކަމަކަށް ސަމާލުކަން ދެނީ ކިހާ މިންވަރަށްތޯ އެވެ. މި ހަފްތާގައި އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިވަނީ ބޮޑުތަނުން އިތުރުވެފައެވެ. 100 އިން މައްޗަށް އަރާފައެވެ. މިވަގުތު މިއޮތީ ތިން ރަށެއް މޮނިޓަރިންގެ ޙާލަތުގައެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު […]
ދުރޫސުލް އަޚްލާޤު: ޝުކުރުވެރިވާން އާދަކުރާށެވެ!

ކޮންމެމީހަކީ އެތައް ނިޢުމަތެއް ލިބިފައިވާ މީހެކެވެ. އެ ނިޢުމަތްތައް ފެނި އިޙްސާސް ކުރުމަށްޓަކައި ޝުކުރުވެރި ހިތެއްގެ ވެރިއަކަށްވާންޖެހެއެވެ. ޝުކުރުވެރިވާ މިންވަރެއްގެ ނިސްބަތުން ނިޢުމަތްތައް ހަނދާންވެ އިތުރުވާނެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. {لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ } މާނައީ: ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. ނިޢުމަތްތަކާމެދު ވިސްނާލާ މީހަކު، ހަމައެކަނި ނަފްސަށް ބަލާލި ކަމުގައި ވިޔަސް ޢަދަދު ނުކުރެވޭހާ ގިނަ ނިޢުމަތްތައް ފެންނާނެއެވެ. ލޮލުގެ ފެނުމެވެ. ކަންފަތަށް އިވުމެވެ. ބަސްމޮށުންތެރިކަމެވެ. ހަމައެފަދައިން ވަށައިގެންވާ […]
ނަސީރު: ބަލިވިއަސް، ކާމިޔާބު ދުވުންތެރިޔާގެ ހިތްވަރަށް ބަދަލެއްނާދޭ

ނަސީރު އިސްމާޢީލް އަކީ އެއްދުވަސްވަރެއްގައި ދިވެހިރާއްޖޭގެ އެއްވަނަ ދުވުންތެރިޔާއެވެ. މެދުނުކެޑި 13 ވަރަކަށް އަހަރު ޤައުމީ މުބާރާތްތަކުން އެއްވަނަ ހޯދަމުންދިޔަ ކާމިޔާބު ދުވުންތެރިއެކެވެ. އެތުލެޓިކްސް ދާއިރާގައި 30 އަހަރު ހޭދަކުރިއިރު މިހާރު މިއީ ކާމިޔާބު ކޯޗެކެވެ. ކުޅިވަރު ކުޅުމާއި ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ޤައުމީ އިނާމުގެ އިތުރަށް ޖޭސީއައި މޯލްޑިވްސް އެވޯޑު ވަނީ ނަސީރަށް ލިބިފައެވެ. ނަސީރު އިސްމާޢީލް ގއ.ކަނޑުހުޅުދޫއަށް އުފަން ނަސީރު އިސްމާޢީލް ދުވުމުގެތެރެއަށް އެންމެފުރަތަމަ ވަދެވުނީ އަހުމަދިއްޔާ ސްކޫލުގައި ތަޢުލީމް ހާސިލްކުރަމުން ދަނިކޮށެވެ. އުމުރުން […]