ޖުޒާމް ބަލި: އެދެނީ އެބަލީގެ އަސަރުކޮށްފައިވާ މީހުން މުޖުތަމަޢުން ބާކީ ނުކުރަން

ކޮންމެ އަހަރެއްގެ ޖެނުއަރީ 31ވަނަ ދުވަހަކީ ދުނިޔޭގައި ފާހަގަކުރާ "ވޯލްޑް ލެޕްރަސީ ޑޭ" ނުވަތަ ޖުޒާމްބަލީގެ ދުވަހެވެ. ޖުޒާމް ބައްޔަކީ ހަށިގަނޑުގެ ޙިއްސުތަކަށް ޙަމަލާދޭ މައިކޮބެކްޓީރިއަމް ލެޕްރާ އޭ ކިޔާ ޖަރާސީމެއް ހަށިގަނޑަށް ވާސިލުވުމުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. ޢާންމުގޮތެއްގައި މިބަލި ފެންނަން ހުންނަނީ މޫނާއި ނޭފަތާއި ކަންފަތް ފަދަ ގުނަވަންތަކުންނެވެ. މި ބަލީގެ އަސަރު ހުންނަ ތަންތަނުގައި ގިނަފަހަރަށް އިހްސާސެއް ނުހުންނާއެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި ދުނިޔެއަށް ކުރިމަތިވެގެން އުޅޭ ކޮރޯނާވައިރަހުގެ […]
ޝައްމާގެ އުފަލަކީ ނަރުސްކަން އިތުރަށް ދަސްކޮށް މީހުންނަށް ބުނެދިނުން

ކޮވިޑްގެ ހާލަތުގައި އެންމެ ޖެހިލުންކުޑަ އެއް ބަޔަކީ ނަރުހުންނެވެ. އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ސީނީއާ ރެޖިސްޓަރޑް ނާސް އާމިނަތު ޝައްމާއަކީ ކޮވިޑްގެ ހާލަތުގައި ހުރިހާ ވަގުތެއް ސިއްޙީ ޚިދުމަތަށް ހުސްކޮށްގެން ހުރި ޚިދުމަތްތެރިއެވެ. އޭނާ އަކީ ކްރިޓިކަލް ކެއާއަށް ހާއްސަ ނަރުހެކެވެ. ކޮވިޑްގެ ހާލަތުގައި މަސައްކަތް ކުރިގޮތުގެ ވާހަކަތައް ޒީޓައިމްސް އާއި ހިއްސާ ކުރަމުން ޝައްމާ ބުނީ އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރެން ފެށި ހިސާބުން ފެށިގެން ޑިއުޓީ ނިންމާފައި ގެއަށް ނުދާ ކަމަށެވެ. "ކޮވިޑްގެ […]