ހާދިސާ: ބަރެސްދޫ މޭނާކަލޭގެފާނު

ކުރީ ޒަމާނުގައި ހުވަދު އަތޮޅު ވެރިކަން ކުރަމުން އައީ ހޯޑެއްދޫ ގައެވެ. އެއްދުވަހަކު ހޯޑެއްދޫ އަތިރިމަތީގައި ތިބިބަޔަކަށް، އެރަށާއި ދިމާއަށް ދޯއްޏެއް އަންނަތަން ފެނިފައިވެއެވެ. އެ ދޯއްޏަކީ ފަންރިޔާނެގި ދޯއްޏެކެވެ. ބާރަށް ވައިޖެހޭ ދުވަހަކަށް ވުމުން ވަރަށް އަވަހަށް ދޯނި އައިގޮތަށް ރަށުގެ ގޮޑުދޮށަށް ބީއްސާލިއެވެ. އަތިރިމަތީގައި ތިބިމީހުން އެއީ ކޮން ދޯއްޏެއްތޯ ބެލުމަށް ދޯނި ދޮށަށް ދިޔައެވެ. "ދޯނީގައި އިނީ އެންމެ މީހެއް. އެމީހާއާއި ސުވާލުކުރުމުން ބުނީ އަހަންނަކީ ބަރެސްދޫ މީހެއް. ބަރެސްދޫއިން މީހުން މަރުވަމުންގޮސް […]
ތާރީޚް: ކުރުހިންނަ ތަރާގަނޑު މިއީ ތަފާތު ތަނެއް!

އާޘާރީ ގޮތުން މުއްސަނދި ރަށެއްކަމުގައިވާ ކ.ކާށިދޫގެ އެންމެ މަޝްހޫރު އެއްތަނަކީ އެރަށުގައި އޮންނަ ކުރުހިންނަ ތަރާގަނޑޭ ކިޔާ ތަނެވެ. ރަށުގެ މީހުން ދިރިއުޅޭ ހިސާބާ 1300 ވަރަކަށް ފޫޓު ދުރުގައި އޮންނަ މިތަން ސައިންޓިފިކް ގޮތުން ކޮނެ ބެލުނީ 1996 އިން 1998 އާ ހަމައަށް ކަމަށް ސަޤާފީ ތަރިކަ ރައްކާތެރި ކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތު ދީފައެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެހީތެރިކަމާއިއެކު ތަރާގަނޑު ކޮނުމުގެ މަސައްކަތް އެއިރު ކުރެއްވީ […]
ސުނީ: ކެއުން ތައްޔާރުކުރުމުގައި އަވަދިނެތި!

މާލެއަށް އުފަން ސުނީތާ މުޙައްމަދު (ސުނީ) ނުކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ. ހެދުން ފެހުން، މާޖެހުން، ހެންޑިކްރާފްޓް، ނާށީގެ މަސައްކަތް، ވޫލް ކްރާފްޓް، ބީޑްސް އެމްބްރޮއިޑަރީ، ޕޭސްޓްރީ ކޯސް، ކުޑަކުދިންނަށް އަމާޒުކޮށް ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގުން މިއީ ސުނީ ކުރާ މަސައްކަތްތަކެވެ. ސުނީ އަކީ ސައުތް އޭޝިއަން ވުމެންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ޗެއަރޕާސަން އެވެ. މިޖަމްއިއްޔާ އަށް ވަނީ އެކްސްޕޯ މޯލްޑިވްސް 2019 ގައި ކުލަބްޖަމިއްޔާ ތަކުން 2 ވަނަ ލިބިފައެވެ. އަދި […]