ދަރިން: ހިތްތަކުގެ މޭވާ، ލޮލުގެ ނޫރު

އަޅުގަނޑުމެންގެ ހިތްތަކުގެ މޭވާ، ހިތުގެ ފިނިކަމާއި ހަމަޖެހުން، ލޮލުގެ ނޫރު ކަމުގައިވާ އަޅުގަނޑުމެންގެ ދަރިންނަކީ މާތްﷲ ދެއްވާފައިވާ ވަރަށް އަގުހުރި ނިޢުމަތެކެވެ. އެ ނިޢުމަތުގެ އަގު މިންނުކުރެވޭ ފަދަ ނިޢުމަތެކެވެ. ދަރިންނަކީ މާތްﷲ އިންސާނުންނަށް ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން އެންމެ ބޮޑު އެއްނިޢުމަތެވެ. މިނިޢުމަތުގެ އަގު ބޮޑުވަނީ ސަބަބެއްނެތިއެއްނޫނެވެ. ހުރިހައި އެންމެނަށް ދަރިންނެއް ނުދެއްވައެވެ. ދަރިންގެ އުފަލުން މަހުރޫމުވެފައިވާ އެތައް އިންސާނުން ދުނިޔޭގައި އުޅެއެވެ. އެހުރިހައި އިންސާނުންގެ ތެރެއިން ވެސް ތިބާއަށް ދަރިއަކު ދެއްވުމަށް އެކަލާނގެ […]
ފޮޓޯ: ރައްޔިތުންގެ މަޖިލީސް 2021ވަނަ އަހަރަށް ހުޅުވުން

2021ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވުމަށް މިއަދު ކުރިއަށްގެންދިޔަ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާގެ ކެޓަލޮގާއި ޑިޖިޓަލް އަރުޝީފު ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރަސްމީގޮތުން ހުޅުވައިދެއްވައިފަ އެވެ.
ޒާރީ: ބޮޑު ބައްޔަކުން އަރައިގަތުމަށް ހޯދި ކާމިޔާބު ފަރުވާ

އައްޑޫ ސިޓީއަށް އުފަން ޒާރިފާ އަހުމަދު (ޒާރީ) އަކީ 2010ވަނަ އަހަރު ދިމާވި ސިއްޙީ މައްސަލައަކާއި ގުޅިގެން ދާއިމީ ބޭހެއްގެ ގޮތުގައި ކަސްރަތު ހިޔާރު ކުރި ފަރާތެކެވެ. ދިއެފްއެމް އާއި ރާއްޖެޓީވީ އަދި އެންމެ ފަހުން ސަންޓީވީން ފެނުނު ޒާރީ އަކީ މިހާރު އެއްވެސް މީޑިއާއަކުން މީހުންނާ ބައްދަލު ނުކުރި ނަމަވެސް ގިނަ ބަޔަކަށް ކަސްރަތުން އުފާވެރިކަން ގެނެސްދީ ހިތްހަމަ ޖައްސައިދޭ ޔޯގާ އިންސްޓްރަކްޓަރެކެވެ. ޒާރީ ބުނީ ދާއިމީކޮށް ކަސްރަތު ކުރަން ފެށީ މުޅި މީހާ ދުޅަވާން […]