ސިއްޙަތާއި ދުޅަހެޔޮކަމަކީ ޙަޔާތުގެ މައިކަށި

ސިއްޙަތާއި ދުޅަހެޔޮކަމަކީ ޙަޔާތުގެ މައިކަށި ކަމަށާއި، ޤައުމުތައް ތަރައްޤީވެ ކުރިއަރައިފައިވަނީ އެ ޤައުމުތަކުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި މަސައްކަތްތެރިކަމުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައިވަނީ ބުނެފައެވެ. "ސިއްޙަތާއި ދުޅަހެޔޮކަމަކީ އިންސާނާގެ ޙަޔާތުގެ ހީވާގިކަމުގެ ފީތާ. އެއީ އޭނާގެ އާރާއި ބާރުގެ ހަކަތަ. މިހެންވެ އިސްލާމްދީނުގައި ޢާއްމު ސިއްޙަތަށް ވަރަށްބޮޑު އަހައްމިއްޔަތެއް ދީފައިވޭ. ޢާއްމު ސިއްޙަތާ ބެހޭ އަސާސަކީ ސާފުތާހިރުކަން" ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. ޢާއްމު ސިއްޙަތު ރައްކާތެރި ކުރުމަށްޓަކައި އިންސާނާއަށް ގެއްލުން ލިބޭ އެއްޗެހި ކެއުމާއި ބުއިން ވަނީ ޙަރާމް […]
ފަޔާޒު: ނަމޫނާ ޚިދުމަތްތެރިއެއް، ދެއްވަނީ އުފާވެރި ޚަބަރެއް!

އަޙްމަދު ފަޔާޒު ޙަސަން އާއި އަޅުގަނޑު އެންމެ ފުރަތަމަ ދިމާވީ ކުލިކް ކޮލެޖުންނެވެ. ކިޔަވައިދެއްވުމުގެ ވައްޓަފާޅި ގެންގުޅުއްވާ ގޮތް އެހެނިހެން ދިވެހި ލެކްޗަރާއިންނާއި ބަލާއިރު ވަރަށްތަފާތެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. ކިޔަވައިދެއްވުމުގައި 30 އަހަރަށްވުރެ ގިނަ ދުވަސް ހޭދަވެއްޖެއެވެ. ދައުލަތުގެ ހުރިހާ މުއައްސަސާއެއް އަދި ބޮޑެތި ހުރިހާ ކުންފުނިތަކެއްގައި ވަނީ ތަމްރީން ޕްރޮގްރާމްތައް ހިންގަވައި ދެއްވާފައެވެ. ހއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު ތަމްރީން ޕްރޮގްރާމް ނުހިންގަވާ އަތޮޅެއް މަދެވެ. އަޙްމަދު ފަޔާޒު ޙަސަން ސ.މީދޫ އަށް […]