ޢާއިލާއިން މަޢުލޫމާތު ދޭގޮތުގައި ޔޫސުފުގެ އޮޕަރޭޝަން ކާމިޔާބު

އާދަޔާ ޚިލާފަށް ބޯ ބޮޑުވުމުގެ ސަބަބުން އޮޕަރޭޝަންކުރި ޔޫސުފު ޙާމިދުގެ އޮޕަރޭޝަން ކާމިޔާބު ކަމަށް ޢާއިލާއިން ވަނީ މަޢުލޫމާތުދީފައެވެ. ޒީޓައިމްސް އަށް މަޢުލޫމާތުދެމުން ޔޫސުފުގެ ބައްޕަ ޅ.ނައިފަރު ޙާމިދު މުޙައްމަދު ބުނީ މިވަގުތު ދަރިފުޅު އޮތީ އައިސީޔޫގަ ކަމަށެވެ. " މިއަދު މެންދުރުފަހު 2 ޖަހަން އުޅެނިކޮށް އޮޕަރޭޝަން ތިއޭޓަރުން ދަރިފުޅު ނެރުނީ. އޭޑީކޭ ހޮސްޕިޓަލުގައި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޑރ.އަލީ ނިޔާފު އަދި ޑރ.ކިރަން. ޑޮކްޓަރު ވިދާޅުވީ ޔޫސުފުގެ ބޮލުގެ ސައިޒު މަޑުމަޑުން ކުޑަވާނެ ކަމަށް. […]
ތާރީޚް: ދާގަބާ މިއީ ފެންނަ ފެނުމަށް ތަފާތު ތަނެއް!

ދާގަބާ ނަމަކަށް ކިޔާ މިތަން ހުންނަނީ އއ.ތޮއްޑޫގައެވެ. ކުރީޒަމާނުގައި މިތަނަށް ކިޔައި އުޅުނީ ބޮޑު ގާފުންޏެވެ. ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މަޢުލޫމާތު ދީފައިވާގޮތުގައި ދާގަބާ ދިރާސާކުރުމަށް 1958ވަނަ އަހަރު ތާރީޚު ކޮމިޓީން ޓީމެއް ފޮނުވުނެވެ. އެއިރު މިތަން ކޮނުމުގެ ކުރިން ފެންނަންހުރީ ރާއްޖޭގެ އެހެނިހެން ހިސާބުތަކުގައި ހުންނަ އުސްގަނޑުތައް ހުންނަގޮތަށެވެ. އެއިރު ދާގަބާ މަތީގައި އެކިވަރުގެ 6 ރުކާއި މެދުމިނުގެ 6 ކަނދުގަސް ހުރިއިރު، އުސްމިން ލަފާކުރެވެނީ 15 ފޫޓު ހުންނަ ކަމަށެވެ. ދިރާސާ […]
ކައިލީ ޖެނާ ހަގު އުމުރެއްގައި ބިލިއަނަރަކަށް ވީ ކިހިނެއް؟

އެމެރިކާގެ ވިޔަފާރިވެރިޔާ އަދި ސެލެބްރިޓީ ކައިލީ ޖެނާގެ މިލްކިއްޔާތުގައި އެއް ބިލިއަން ޑޮލަރު އެބަހުއްޓެވެ. އެމެރިކާގެ ފޯބްސް މެގަޒިން އިން ބަލާ މިންގަނޑުތަކަށް ފެތިގެން އޭނާ ވަނީ އުމުރުން 21 އަހަރުގައި އެންމެ ހަގު ބިލިއަނަރު ކަމަށް ހޮވިފައެވެ. 2019ގައި ކައިލީއަށް އެންމެ ހަގު ބިލިއަނަރުގެ ޓައިޓްލް ލިބުނު އިރު އެނާއަކީ އަމިއްލައަށް މުއްސަނދިވި އެންމެ ހަގުމީހާ ކަމަށް ފޯބްސްއިން ވަނީ ކަނޑައަޅާފައެވެ. 21 އަހަރުގައި ކައިލީއަކީ އެންމެ ހަގު ބިލިއަނަރުކަމަށް ހޮވުނުއިރު 2008ވަނަ އަހަރު އުމުރުން […]