އަލަށް އުފަންވާ ދަރިންނަށްޓަކައި

މާތްﷲ، އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނިޢުމަތްތައް ގިނަގުނައެވެ. ގުނައި އަދަދު ނުކުރެވޭހައި ގިނައެވެ. މާތްﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. " اللَّه ގެ نعمة ތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ نعمة ތައް عدد އެއް ނުކުރެވޭހުށްޓެވެ." (إبراهيم 34) މި ނިޢުމަތްތަކުގެ ތެރެއިން ޞާލިޙު ދަރިންނަކީ އެންމެ މަތިވެރި އެއް ނިޢުމަތެވެ. އެހެންކަމުން، އެ ދަރިފުޅު އަންނަ ދުވަހަށް ތައްޔާރުވާން ޖެހެއެވެ. އަދި އިސްތިޤްބާލު ކުރާން ޖެހެއެވެ. އިސްލާމީ ޝަރީޢަތުގައި ދަރިފުޅަށް އިސްތިޤްބާލު ކުރުމުގެ […]

ޝިފޫ: ކުރިއަރަމުން އަންނަ ފެހުންތެރިއެއް

ޏ.ފުވައްމުލަކަށް އުފަން މަރްޔަމް ޝިފުޒާ (ޝިފޫ)ގެ ފެހުންތައް ފެނުނީ ފޭސްބުކް 'ޝިފޫސް ކަލެކްޝަން' ޕޭޖުންނެވެ. ވިހިހާސް ފޮލޯވަރުން ތިބި ޒުވާން ފެހުންތެރިޔާ، މިމަސައްކަތް ކުރަމުންދާ ގޮތުގެ ތަފްސީލު ބެލުމުގެ ޝައުގު އެވަގުތު އުފެދުނެވެ. "ގޭތެރެއިން ބައްޕަ ފަހާތަން ފެނި ދަސްވީ. ވަރަށް ކުޑައިރުއްސުރެ ފަހާހިތުން ބައްޕަ އެ މަސައްކަތް ކުރާއިރު ބަލަން ހުންނަން. އެގޮތަށް ބަލަން ހުރެ ހުރެ ދަސްވީ. ދެން ނޭނގޭ އެއްޗެހި ބައްޕަކައިރީގައި އެހީ. އަޅުގަނޑުގެ އުމުރުން 13 އަހަރުން ފެށިގެން އަމިއްލަ ހެދުމާއި […]