ޑރ. ޙަަންނާން- ބޮޑު އެކްސިޑެންޓަކުން ސަލާމަތްވި ޚިދުމަތްތެރިއެއް

2013ގައި ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ކޯމާއެއްގައި އޮންނެވި ބޭފުޅެކެވެ. ސްޓޭޓް މިނިސްޓަރ ފެންވަރުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ. މި ބޭފުޅަކީ ޏ. ފުވައްމުލައް ސިޓީ، ޖޫލިއަޓްގޭ ޑރ. އަބްދުލް ޙަންނާނު ވަހީދެވެ. ޕީއެޗްޑީ ޙާޞިލްކުރެއްވުމަށް އޮސްޓްރޭލިޔާގައި އުޅުއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން އުޅުއްވީ ފުވައްމުލަކުގައެވެ. 2013ވަނަ އަހަރުގެ އޮކްޓޯބަރުގައި ފުވައްމުލަކު ދޫޑިގަމުގައި ރޭގަނޑު ހިނގި ސައިކަލު އެކްސިޑެންޓެއްގައި ޑރ. ޙަންނާނު ސަލާމަތްވީ ކިރިޔާއެވެ. އެކްސިޑެންޓްގައި އަނިޔާވި ދެވަނަ […]
ތާރީޚް: ބާރަށު ކާނިގަސް

ހއ. ބާރަށުގެ ޒަމާންވީ ކާނިގަހަކީ، އެރަށު ޢީދުކުޅޭ މަގުގައި، ކަޅުއޮށްފުންމި އަލަށް ބަދެގެން ފަނު ރިޔާ ފެހުމަށް ޖެހި ކާނި ކަޑައިގެތެރެއިން އެއް ކަޑަ ކަމުގައި ބުނާ، ކާނި ގަހެކެވެ. މިގަހަކީ ޚާއްސަކަމަކަށް ކުރިން ބޭނުންކުރަމުން އައި ގަހެއްކަމުގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތުދީފައެވެ. މިގަސް މިހާރު ބޭނުންކުރަނީ އާޘާރީ ގަހެއްގެ ގޮތުގައެވެ. މިގޮތުން ބާރަށަށް ޒިޔާރަތްކުރާ މީހުން މިގަހުގެ މަޢުލޫމާތު އޮޅުންފިލުވާ ފޮޓޯ ނަގާކަން ފާހަނގަކުރެވެއެވެ. މި […]