ހިތުގެ އޮޕަރޭޝަން ފުރަތަމަކުރެވުނީ މަންމަ، އެއަށްފަހު ދަރިފުޅުގެ އޮޕަރޭޝަން!

ގއ.ކޮލަމާފުށީ ނަޖުދާ އަޙްމަދުގެ ހިތުގެ އޮޕަރޭޝަން ކޮށްފައިވަނީ 2017ވަނަ އަހަރުގައެވެ. އެއިރު އޮޕަރޭޝަން ކުރީ ހިތުގައި ލޯވަޅެއް ހުރެގެން ނޭވާ ހާސްވެ ވަރުބަލިވާތީއެވެ. ނަޖުދާގެ ޙާލު މިހާރު ރަނގަޅެވެ. އެހެންނަމަވެސް އުމުރުން 22 އަހަރުގެ ނަޖުދާ އާއި އޭނާގެ ފިރިމީހާ ގދ.ވާދޫ އިޒާމް ޒާހިރުގެ އަލަތު ދަރިފުޅުގެ ހިތުގެ އޮޕަރޭޝަން ކުރަން ޖެހޭކަން ޑޮކްޓަރު ހާމަކުރިވަގުތު އެއީ ޢާއިލާއަށް ފުންހިތާމައެއް ލިބުނު ވަގުތެކެވެ. އުމުރުން އެންމެ 12 މަހުގެ އާމިނަތު އިޒްކާ ބިންތި އިޒާމް ހިތުގެ އޮޕަރޭޝަން […]
ޢަބްދުއްރަޙީމް: ރައީސް ޔާމީން އަށް ވާދަކުރެއްވޭނެ، ކެންޑިޑޭޓަކަށް ވިސްނާކަށް ނުޖެހޭ

ޢަބްދުއްރަޙީމް ޢަބްދުﷲ މިނަމަކީ ސިޔާސީ ދާއިރާގައި ވަރަށް ގިނައިން އަޑުއިވޭ މަޝްހޫރު ނަމެކެވެ. އަޅުގަނޑަށް ޢަބްދުއްރަޙީމް ފާހަގަކުރެވެނީ ޚާއްސަ ޅެންވެރިއެއްގެ ގޮތުގައެވެ. ޢަބްދުއްރަޙީމްގެ މަންމަ ނިޔާވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައިވާ މިޅެން ފާހަގަ ކުރެވެއެވެ. އޭ މަގޭ ލޮބުވެތިވި މަންމާ ތިޔަ ހަނދާން ނުފިލާނެޔޭ ހޭ މަގޭ ހުރިނަމަ މިދެލޮލުން ކަރުނައެއް ނުހިކޭނެޔޭ ޢަބްދުއްރަޙީމް ލ.ފޮނަދޫ އަރާއިރު ޢަބްދުއްރަޙީމް އެންމެފުރަތަމަ ތަޢުލީމް ހާސިލުކުރެއްވީ ފޮނަދޫގައި އެއިރު ހިންގި މަކުތަބަކުންނެވެ. އެއަށްފަހު މާލެއަށް […]