މާބަނޑު ދުވަސްވަރު ހަކުރު ހުންނަ މިންވަރު މަދުކުރުމަށް ސަމާލުވޭ!

ހަކުރު މައްޗަށް ދިއުމަކީ ވަރަށް ގިނަ ދިވެހިންނަށް ދިމާވެފައިވާ ސިއްޙީ މައްސަލައަކަށްވާއިރު، މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުމުގެ މައްސަލަ ދިމާވާ މީހުން ވަރަށްގިނަކަން ފާހަގަކުރެވެއެވެ. ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދޭ އިންސިއުލިން ހަށިގަނޑުގައި އުފައްދާ މިންވަރު މަދުވުމުން ހަށިގަނޑުގައި ހަކުރުގެ މިންވަރު އިތުރުވެއެވެ. ދިވެހިރާއްޖޭގައި ހަކުރު ހުންނަ މިންވަރު އިތުރުވެފައިވާ ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުން އުޅޭއިރު މާބަނޑު މީހުން މިކަމަށް ވަރަށްބޮޑަށް ސަމާލުކަން ދޭންޖެހެއެވެ. އޭޑީކޭގައި ގިނަ އަދަދެއްގެ މާބަނޑުމީހުން […]
ހާދިސާ: އެތަކެއް ފުރާނައެއް ތިރީސް ދުވަހުގެ ތެރޭ..

ރަށްތައްވަނީ ފަޤީރުވެ ހާންތިވާން ކައިރިވެފައެވެ. ދުވާލަކު އެއްފަހަރުވެސް އުނދުނަށް ތަވަޔެއް ނުއުދެއެވެ. ކުޑަކުދިން ގިސްލަ ގިސްލާފަ ރޮނީއެވެ. ބަޑުފުރާނަ މުއްތިނުވެ އެތައްބައެއްގެ ފުރާނަ ނެތެމުންދާ ހިތާމަވެރި މަންޒަރު ބަލަންތިބި މައިންބަފައިން ދަރިންނަށް ވާނީ ކިހިނެތްކަމެއް ނޭގި ކަރުނަ އަޅަނީއެވެ. މުޅި ރަށަށް ވަނީ މާޔޫސްކަމާއި ބިރުވެރިކަން ފެތުރިފައެވެ. އައްސުލްޠާނު އިބްރާހީމް ނޫރުއްދީންގެ ރަސްކަމުގެ ދުވަސްވަރު ހުވަދުއަތޮޅު ވިލިގިލީގައި ވަރަށްބޮޑު ރޯގާއެއް ފެތުރުނެވެ. އަދި މިރޯގާގެ ވައިރަސް މުޅި އަތޮޅުގައި ފެތުރުނެވެ. ނަމަވެސް ބޮޑަށް ފެތުރިފައި ވަނީ ވިލިގިލީ […]