ތާރީޚް: 330 އަހަރު ވީ ނޮޅިވަރަމް ހުކުރު މިސްކިތް

ހދ.ނޮޅިވަރަމް ބައު ހުކުރު މިސްކިތް ހަދާފައިވަނީ ހިރިގަލުން ލަކުޑީގައި ލާފެންކޮށްފައި ކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތުދީފައެވެ. ކުރިން ވަރަށް ކުޑަކޮށް ހުރި މިމިސްކިތް ފަހުން ބޮޑުކޮށްފައި ހުރިއިރު މިމިސްކިތް ބިނާކޮށްފައިވަނީ ހިޖުރައިން 1111ވަނަ އަހަރުއެވެ. ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މަޢުލޫމާތުދޭގޮތުގައި 330 އަހަރުވެފައިވާ މި މިސްކިތަކީ ހިރިގާ ކޮށައިގެން ފަތޮޅުއަޅުވައިގެން ހަދާފައިވާ އިމާރާތެކެވެ. މިސްކިތުގެ އެތެރޭގެ ބައިތައް ހަދާފައިވަނީ ލަކުޑިން ލިޔެގެންނެވެ. އަދި އިމާރާތުގެ އަސްލު ނުގެއްލޭގޮތަށް މިސްކިތުގެ […]
މަގުމަތީގެ އަމާންކަން އެއްމެންގެ ރައްކާތެރިކަން!

މަގުމައްޗަކީ އެންމެން ބޭނުންކުރުމަށް އޮންނަ ތަނެކެވެ. އެއީ ވަކި ބަޔަކު ބޭނުންވީމަ ބޭނުންގޮތަކަށް އުޅެން އޮންނަތަނެއް ނޫނެވެ. މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގުމަތީގައި އުޅޭ ހުރިހާ އެއްމެންވެސް ހެދިފަހުންނަ ޤަވާއިދުތަކަށް ޢަމަލުކުރަން ޖެހެއެވެ. ވެހިކަލް ދުއްވާ މީހުން މަގުމަތީގައި ދުއްވާއިރު ސައިކަލެއް، ކާރެއް ނުވަތަ ޕިކަޕެއްވިއަސް ދުއްވަންޖެހޭ ވަކި ބާރުމިނެއް އޮންނާނެއެވެ. އެހެންނަމަވެސް ހިނގާބިގާވެ އުޅޭ އެހެން މީހުންނަށް ވިސްނާލުމެއްނެތި ހިތަށް އެރި ބާރުމިނެއްގައި ސައިކަލާއި ކާރު ދުއްވާ މަންޒަރު ވަރަށްގިނައިން ފެނެއެވެ. މަގުމަތީގައި ދުއްވާނެ ސްޕީޑް […]