ތާރީޚް: ފަރެސްމާތޮޑާ ބޮޑު އަޓިގެ

ފަރެސްމާތޮޑާގެ މާތޮޑާ އަވަށު ބޮޑު އަޓިގެ އަކީ އުވަޔާއި ހިރިގަލާއި އެޅިގާ ބޭނުންކޮށްގެން ރާނާ ހިޔާކޮށްފައިވާ އިމާރާތެކެވެ. ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މަޢުލޫމާތުދޭގޮތުގައި އަޓިގެ އަކީ ހިޖްރީގޮތުން 1300ވަނަ އަހަރު އިމާރާތްކޮށްފައިވާ ތަނެކެވެ. މިތަން ކުރީ ޒަމާނުގައި ބޭނުންކޮށްފައިވަނީ މައުލޫދު ކިއުމަށާއި، ސްކޫލް، މިސްކިތެއްގެ އިތުރަށް ރަށު އޮފީހާއި ރަށު ކޯޓު ހިންގުމަށްކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތުދީފަ އެވެ. ބޮޑު އަޓިގެ މަރާމާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށްދޭނެ ފަރާތެއް […]
ރޯދަމަސް އަންނައިރު އިންތިޒާރު ކުރަނީ ތޮއްޑޫ ކަރައަށްތަ؟

އަރިއަތޮޅު އުތުރުބުރި ތޮއްޑޫ އޭ ބުނުމުން އެންމެ ފުރަތަމަވެސް ހިތަށްއަރަނީ ކަރައެވެ. ކަރާ ހެއްދުމުގައި ރާއްޖޭގައި ދެވަނައެއް ނެތް ތޮއްޑޫއަކީ އާބާދީގައި ގާތްގަނޑަކަށް 2058 މީހުން ދިރިއުޅޭ ރަށެކެވެ. 172.6 ހެކްޓަރުގެ ބިމެއް އޮންނަ މި ރަށުގައި 65 ހެކްޓަރުގެ ބިން ޚާއްސަ ކޮށްފައިވަނީ ދަނޑުވެރިންގެ ދަނޑުތަކެވެ. ތޮއްޑޫ އޭ ބުނުމުން ކަރާ އެކަނި ހިތަށް އަރުވައިގެން ވާކަށް ނެތެވެ. ތޮއްޑޫ އަކީ ދަނޑުވެރިކަމުގެ ގިނަ ބާވަތްތަކެއް މާލޭގެ ބާޒަރަށް ފޯރުކޮށްދޭ ރަށެކެވެ. މާލެ އަންނަ އޮޑި […]