ޚާއްސަ އެހީއަށް ބޭނުންވާ ދަރިފުޅުގެ ހައްޤުގަ ރާއްޖެއިން ބޭރުގަ އެތައް އަހަރެއް!

ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ގޮވައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅޭ މަޔަކަށް ހިތްހަމަޖައްސާލުމަށް ކުރެވިދާނެ ބައިވަރު ކަންކަން ހުރެއެވެ. އެގޮތުން މިރިޕޯޓް މިޚާއްސަކޮށްލަނީ ވަރަށްވެސް ހުނަރުވެރި ކަނބަލަކަށެވެ. ދަރިފުޅު ގޮވައިގެން އިންޑިއާގެ ބެންގަލޫރުގައި ކުރެވުނު ތަޖުރިބާއާއި ދިމާވި ގޮންޖެހުންތަކާއި އެކު ހިތްވަރުކޮށް އައިމިނަތު ޢަލީ ދިރިއުޅުން ކުރިއަށްގެންދިޔައެވެ. އޯޓިޒަމް އަށް ޑައިގްނޮސްކޮށްފައިވާ އެއިރު އުމުރުން 16 އަހަރުގެ ދަރިފުޅު މުޙައްމަދު ނަހުޝަލް ނިޒާމް ގޮވައިގެން އިންޑިއާގައި އުޅުމުގެ ތެރޭގައި ދަރިފުޅު ތެރަޕީނަގާ ވަގުތުގައި އައިމިނަތު ދަސްކުރީ މާ […]