ފޮޓޯ: ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ދެ ޒުވާނަކު ވަނީ މަރުވެފައި

ފުވައްމުލަކުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ދެ ޒުވާނަކު މިއަދު ވަނީ މަރުވެފައެވެ. މަރުވެފައިވަނީ ފުވައްމުލަކު ކެޕްރީ އަޙްމަދު މުތީއު ޢަބްދުލްހަކީމް އާއި އެރަށު މެހެންދި ޢަލީ އާމިލް އަޙްމަދު އެވެ. ފުލުހުން މަޢުލޫމާތުދިން ގޮތުގައި މިއަދު ހަވީރު 16:22 ހާއިރު މިއެކްސިޑެންޓް ހިނގީ މުޙައްމަދު ޖަމާލުއްދީން ނައިބުތުއްތުމަގުގެ ހުޅަނގު ފަރާތުގައި ހުރި ކިނބިގަހެއްގައި ކާރެއް ޖެހިގެންނެވެ. އެކްސިޑެންޓް ހިނގިއިރު ކާރުގައިތިބީ 19 އަހަރާއި 24 އަހަރުގެ ދިވެހި ދެފިރިހެނުން ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާއި […]
އިހުސާން- ޒުވާން ސީއީއޯގެ މިސްރާބު ކޮންދިމާލަކަށް!

ހެޕީމާކެޓްގެ ސީއީއޯ އަދި އެމް.އެން.ޑީއެފް ކުރީގެ ކެޕްޓަން ޢަލީ އިހުސާނަކީ ހިންގުންތެރި ޒުވާން ސީއީއޯއެކެވެ. ހެޕީމާކެޓުން ހޯދަމުންދާ ކުރިއެރުންތަކަށް ބަލާލުމުން އެކަން ޔަޤީންވެއެވެ. އަދި އިޖްތިމާއީ ކަންކަމާއި ޤައުމުގަ ހިނގާ މުހިންމު ކަންކަމުގައި އަމިއްލަ ޚިޔާލު ފާޅުކުރައްވާ ބޭފުޅެއްގެގޮތުގައި ފާހަގަކުރެވެއެވެ. ޢަލީ އިހުސާން އައްޑޫސިޓީ ފޭދޫ އަށް އުފަން 35 އަހަރުގެ އިހުސާން އެންމެފުރަތަމަ ތަޢުލީމް ހާސިލުކުރެއްވީ ފޭދޫ ސްކޫލުންނެވެ. އެސްކޫލުގެ ކެޕްޓަންކަން ކުރެއްވިއެވެ. އެއަށްފަހު ހިތަދޫ މުޙިއްބުއްދީން ސްކޫލުން ގުރޭޑު 10 ނިންމަވާލެއްވުމަށްފަހު އޭލެވެލް ހެއްދެވީ […]
ފޮޓޯ: މިއީ ކުރީޒަމާނުގެ ތަފާތު ރީތި ގެއެއް

ފަރެސްމާތޮޑާގެ ފަރެސް އަވަށުގައި ހުންނަ ކުރީޒަމާނުގެ މިގޭގެ ނަމަކީ ގުލްޗަނބޭލީގެ އެވެ. މިގޭގެ ފާރުތަކުގައި ވަނީ ވަރަށް ރީއްޗަށް ކުރަހާފައެވެ. ފަރެސް އަވަށުން މަޢުލޫމާތުދިން އުމުރުން ދުވަސްވީ އަޙުމަދު ބުނިގޮތުގައި މިގޭގެ ވެރިފަރާތުގެ ނަމަކީ މުޙައްމަދު ތަކުރުފާނު އެވެ. އެއީ އަތްތެރި މަސައްކަތްކޮށް އުޅުނު މީހެކެވެ. އަދި މުޙައްމަދު ތަކުރުފާނަކީ ވަރަށް ތަނަވަސް މީހެކެވެ. އެއިރު ފަރެސްމާތޮޑާ ކައިރީގައި ހުރި ގިނަ ފަޅުރަށްތައް ބަލަހައްޓަނީ މުޙައްމަދު ތަކުރުފާނު އެވެ. ކޮންމެ އަހަރަކު ކޮޅުބަށް ދަތުރުކުރާ ކަމަށް މަޢޫލޫމާތު ލިބިފައިވެއެވެ.