ހާދިސާ: ލޭ ބޯލުމަށްފަހު މަރާލީ ބަލަންހުއްޓާ!

ކުރީޒަމާނުގައި ހުވަދު އަތޮޅު ކެރަމިއްތާ ކިޔާ ފަޅުރަށެއްގައި ގޮތްނޭނގޭ ދެމަފިރިއަކު އުޅުނެވެ. އެރަށުގެ ގޮޑުދޮށުން މިދެމަފިރިން ފެންނަކަމަށް ވެއެވެ. އެރަށަށް އެކި ބޭނުންތަކަށް ގޮސްއުޅޭ މީހުންނަށް ރަށުތެރެއިން މީހަކު ނުފެނި ފުރަން ދާއިރަށް ގޮޑުދޮށުން އެ ދެމަފިރިން ފެނެއެވެ. މި ފިރިހެންމީހާގެ ނަމަކަށް ކިޔާއުޅެނީ މާރިދުއެވެ. އަންހެންމީހާގެ ނަމަކީ ދިޔަދޫ ރެކިބީފާނެވެ. އެއްރެއަކު މި މާރިދު އަތިރިމަތީގައި ހުރެފައި ރެކިބީފާނު ގާތުގައި ދަރިންގެ ހާލު ދެކިލާފައި އެބައަންނަމޭ ބުނެ މޫދަށްފޭބިއެވެ. އެދިޔަގޮތަށްގޮސް ދިޔަދޫ ގޮޑުދޮށާއި ވަރަށްކައިރީގައި ހުރި […]

ކެއުމުގައި ފައިދާހުރި ކާނާ ހިމަނާނެ ގޮތްތައް

ދުޅަހެޔޮ ސިއްޙަތަކަށް ފައިދާހުރިކާނާ ކެއުމުގައި ބޭނުންކުރުން ވަރަށް މުހިންމެވެ. ދިވެހިރާއްޖޭގައި ގިނައަދަދެއްގެ ތަރުކާރީއާއި މޭވާ ހައްދަމުންދާއިރު ފަސޭހައިން ލިބެންހުންނަ ތަފާތު ބާވަތްތައް ކެއުމުގައި ބޭނުން ކުރެވިދާނެއެވެ.  ހެނދުނުގެ ނާސްތާ ކޯން ފްލޭކްސް ފަދަ ސީރިއަލް ކާއިރު ކޮށާފައިވާ މޭވާ އެއްކޮށްގެން ކެއުމަށް ބޭނުންކުރެވިދާނެއެވެ. އޭގެތެރޭގައި ދޮންކެޔޮ، ފަޅޯ، އަނބު، އޮރެންޖު، އާފަލު ފަދަ އެކިވައްތަރުގެ ތާޒާމޭވާ އެއްކުރެވިދާނެއެވެ. ހެނދުނުގެ ނާސްތާގައި އާންމުގޮތެއްގައި ކެއުމަށް މަސްހުނި ބޭނުންކުރާއިރު މަސްހުނީގެ ތެރެއަށް ތަރުކާރީގެ ބާވަތްތައް އެއްކުރެވިދާނެއެވެ. ބަރަބޯ، ބަށި، މުރަނގަތޮޅި، […]