ފިތުނަ މިއީ ހިތަށާއި ސިކުނޑިއަށް ޖެހޭ މުސީބާތެއް!

ފިތުނައަކީ ހިތަށާއި ސިކުނޑިއަށް ޖެހޭ މުސީބާތެއް ކަމަށާއި އޭގެ ސަބަބުން ކެތްތެރީން އާވާރާވެ، މަގު އޮޅިގެންދާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ. " ފިތުނަ އަކީ ދެކޮޅުވެރިކަމާއި، ބައިބައިވުން އުފެއްދުމަށް މަގުފަހިކުރުވާ ޝައިތާނީ ޢަމަލެއް. ހަޤީޤަތާއި ޚިލާފު ވާހަކަ ފެތުރުމަކީ، މީހުން ރުޅިއަރުވައި ފިތުނައިގެ ހުޅު ރޯކުރުމަށް ބޭނުންކުރެވޭ އެންމެ ބާރުގަދަ ވަސީލަތެއް" ޚުތުބާގައި ފާހަގަކުރިއެވެ. އަދި އެންމެ ނުރައްކާތެރި ފިތުނައަކީ ދީނީ ފިތުނަ ކަމަށާއި، އެއީ ﷲ ގެ އަޅާއާ އޭނާގެ ވެރި […]
ފޮޓޯ: ވާދޫ ބަދިގެއެއް ބޭނުން ނުކުރެވޭވަރަށް އަނދައިފި

ގދ.ވާދޫގައި މަސްކެއްކުމަށް ގެއާއި ވަކިން ހަދާފައިހުރި ބަދިގެއެއްގައި އަލިފާން ރޯވެ ބޭނުންނުކުރެވޭ ވަރަށް މިއަދު އަނދައިފިއެވެ. ފުލުހުން މަޢުލޫމާތުދިންގޮތުގައި ރޯވިކަމުގެ މަޢުލޫމާތު މިއަދު މެންދުރު 12:15 ހާއިރު ލިބުމާއިގުޅިގެން ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ވަނީ އަލިފާންގަޑު އިތުރަށް ފެތުރުނަނުދީ ނިއްވާލާފައެވެ. އަލިފާނުގެ ހާދިސާގައި އެބަދިގެ ކައިރީގައި ހުރި ގެއަށް އަލިފާނުގެ އަސަރު ކުޑަކޮށް ކުރިކަމަށާއި، އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް ފުލުހުންވަނީ މަޢުލޫމާތުދީފައެވެ. މިހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މިހާރު ފުލުހުން ދަނީ […]
ޝުޖާ: ކާމިޔާބު ޒުވާނާގެ މިސްރާބު ހުރީ ބޮޑު ބަދަލަކަށް!

ޒުވާން އުމުރުގައި އިބްރާހީމް ޝުޖާޢު ނުވަތަ އާންމު ނަމުންނަމަ ޝުޖާ އަކީ ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ޒުވާނެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެވަޑައިގެންނެވީ އުމުރުން އެންމެ 28 އަހަރުގައެވެ. ދިވެހިރާއްޖޭގެ އެންމެބޮޑު ސުޕަމާކެޓްޗެއިން ހިންގާ ރެޑްވޭވްގެ ޖެނެރަލް މެނޭޖަރުގެ މަޤާމްވަނީ އަދާކުރައްވާފައެވެ. އިބްރާހީމް ޝުޖާއު ހއ.ބާރަށަށް އުފަން ޝުޖާ އަކީ ސްކޫލް ދުވަސްވަރު ފާހަގަކުރެވުނު ސްކައުޓެކެވެ. 1998ވަނަ އަހަރު އަމީރު އަޙްމަދުގެ ބެސްޓް އޯލްރައުންޑް ސްކައުޓަކަށް ހޮވިވަޑައިގެންފައިވެއެވެ. ބާރަށު މަދަރުސާއާއި އަމީރު އަޙްމަދު ސްކޫލުން ތަޢުލީމު ހާޞިލުކުރެއްވި […]