ހާދިސާ: ހައްވަ އާއި ކަފަލޮލީ

ޢީދު ދުވަހު ހަވީރު ނަލަހެދިގެން މާމަދަރިން ގޮވައިގެން އާޓިފިޝަލް ބީޗަށް ހައްވަ ދިޔައިރު ރަހުމަތްތެރި އައިސާފާނު އޭނާގެ މާމަދަރިފުޅު ކުޅެން ބައިންދައިގެން އިށީދެގެންއިނެވެ. ހައްވަ: އައިސާފާނު ކޮބާ ކިހިނެއް؟ އައިސާފާނު: ރަނގަޅު. ހައްވަ ކިހިނެއް؟ މާލަހުންދޯ މިއަދު ތިއާދެވުނީ! ހައްވަ: އާނ މިއަދު ނަމާދުން ފޭބުނީ ތަންކޮޅެއްލަހުންނޭ. އަނެއްކާ ހުރިހާ ކުޅިވަރެއް ނިމުނީހޭ ބުނެ ވަށައިގެން ބަލާލިއިރު ކަފަލޮލީ ވިއްކަންހުރި މީހެއް ފެނިގެން ހައްވަ ހިތަށް އެރި. ހާދަހާ ރީތި 'ތަންފޮހި' ތަކެކޭ. އޭގައިން 'ތަންފޮއްސެއް' ގަންނަންވެއްޖެ. […]
ޑރ.ލުޖައިން: ޕީއެޗްޑީ އަށްފަހު ރާއްޖެ ވަޑައިގަތުމަށް ކެތްމަދުވެފަ!

ރާއްޖޭގައި ތަފާތު ދާއިރާތަކުން ޕީ.އެޗް.ޑީ ހާސިލް ކުރައްވައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ބޭފުޅަކީ މާލެއަށް އުފަން ޑރ.ލުޖައިން އިސްމާޢީލް ޝަފީޤްއެވެ. މިފަހަރު ޒީޓައިމްސްގެ ފަރުދުން ކެޓަގަރީގައި ފީޗާރ ކޮށްލުމަށް ޑރ.ލުޖައިން އާއި އިންޓަވިއު ކުރިއިރު ހުންނެވީ އޮސްޓްރޭލިއާގެ ކްއީންސްލޭންޑް ޔުނިވަރސިޓީގެ އެކެޑެމިކް މަޤާމެއްގައެވެ. ޑރ.ލުޖައިން ވިދާޅުވީ އޮސްޓްރޭލިއާގައި ހުންނެވި ނަމަވެސް ޤައުމީ ކަންކަމަށް އިސްކަން ދެއްވާ ކަމަށާއި، ރާއްޖެއިން ކަމެއްގައި އެދިއްޖެ ނަމަ އެކަމެއް ކޮށްދެއްވާ ކަމަށެވެ. އެގޮތުން ދާދިފަހުން ދިވެހިރާއްޖޭގެ ޤައުމީ […]