ތާރީޚް: ބާރަށު ކުރީގެ ހުކުރު މިސްކިތް

ބާރަށު ކުރީގެ ހުކުރު މިސްކިތުގެ އުތުރު ފަރާތުގައި ވެލިގަލާ އުވަ ބޭނުން ކޮށްގެން ހަދާފައިވާ 15 ފޫޓުގެ އުސްމިނުގެ މުންނާރެއް ހުރެއެވެ. އަދި މިމިސްކިތުގެ އުތުރު ފަރާތުގައި ފޮރުވާލެވިފައިވާ ވެވެއް އެބައޮތް ކަމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތުދީފައެވެ. މިސްކިތުގެ އިރުއުތުރުގައި ވެލިގަލުގެ ޒަމާންވީ ވަޅެއް ހުންނައިރު، މިމިސްކިތަކީވެސް ވެލިގަލާއި އުވަ ބޭނުންކޮށްގެން ހަދާފައިވާ ޒަމާންވީ މިސްކިތެކެވެ. " މިމިސްކިތުގެ އުތުރު ފަރާތު ފެންޑާގެ ހުޅަނގުގައި މުހައްމަދު ތަކުރުފާނު ނަމާދުކުރެއްވުމަށް ޚާއްސަ ކުރެވުނު […]

ވިޔަފާރީގައި އެމޭޒަން ކުރިހޯދީ ކިހިނެއް؟

197 މިލިއަނަށްވުރެ ގިނަމީހުން ކޮންމެ މަހަކު އެމޭޒަން ބޭނުންކުރަމުން އަންނަކަމަށް ރިޕޯޓްތައް ދައްކައެވެ. އެގޮތުން މިއަދުގެ ރިޕޯޓްގައި މިބަލާލަނީ ދުނިޔޭގެ އެންމެ މުއްސަނދި 10 މީހުންގެ ނަން ލިސްޓްގައި ހިމެނޭ އެމޭޒަންގެ ކޯ ފައުންޑަރ އަދި ސީއީއޯ ޖެފް ބެޒޮސްއަށެވެ. 1964ވަނަ އަހަރު އުފަންވި ބެޒޮސްގެ ހަޔާތަށް ބަލާއިރު، އެނާ ގްރެޖުއޭޓްވެފައިވަނީ ޕްރައިސްޓްން ޔުނިވަރސިޓީއިން 1985ވަނަ އަހަރު އެވެ. އެއަށްފަހު 1994 ވަނަ އަހަރާއި ހަމައަށް އޭނާވަނީ ބޭންކިންގ އިންޑަސްޓްރީގައި މަސައްކަތްކޮށްފައެވެ. 1993ވަނަ އަހަރު އޮންލައިންކޮށް ފޮތްވިއްކުމަށް […]