ރަވާ އަދި ގަބުޅިހުނި ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ އެއްޗެއް!

ބޭނުންވާތަކެތި 1 ޖޯޑު ރަވާ 1 ދަޅު ގެރިކިރު 2 ޖޯޑު ޅަގަބުޅީގެ ހުނި 6 ޖޯޑު ފެން 1 ޖޯޑު ހަކުރު ރޯސްސިރަޕް (ކުލަހިފާވަރަށް)   ތައްޔާރުކުރާނެގޮތް ތެއްޔަކަށް ހަކުރު އަޅާފައި އުނދުންމައްޗަށް އުދާށެވެ. ހަކުރު ދިޔާވީމަ ގަބުޅިހުނި އެއްކުރުމަށްފަހު މަޑުގިނީގައި ކައްކާށެވެ. އެއަށްފަހު ފެން އަޅާފައި ރަވާ އެއްކުރުމަށްފަހު މަޑުގިނީގައި ކައްކާށެވެ. މާބޮޑަށް ހިކޭގޮތްވާނަމަ ފެންފޮދެއް އަޅާށެވެ. ކެކެމުންދާއިރު ދޭފަތުން އެއްކުރަމުން ގެންދާށެވެ. ކައްކާ ނިމުމުން ކުލަ ހިފާވަރަށް ރޯސްސިރަޕް އަދި ގެރިކިރު އެއްކުރުމަށްފަހު […]

ކަރަމް: 2 ކިޑްނީ ފެއިލްވެ ދިރިއުޅުމަށް ކުރާ އުންމީދު ފުނޑުފުނޑުވެއްޖެ!

ގދ.ގައްދޫއަށް އުފަން އުމުރުން 23 އަހަރުގެ ކަރަމް ޢަބްދުލްކަރީމް އަކީ ޑިގްރީއަށް ކިޔަވަމުންދިޔަ ދަރިވަރެކެވެ. އުމުރުން އެއްމަހުގެ ލޯބި ލޯބި ކުއްޖެއްގެ ބައްޕައެކެވެ. 6 ބެއިން ހިމެނޭ ޢާއިލާގެ އެންމެ ހަގު ދަރިފުޅެވެ. ދިރިއުޅުމަށް ދިޔައީ ފޮނި އުންމީދުތަކެއް ކުރަމުންނެވެ. އެހެންނަމަވެސް ހަޔާތަށް ކަޅު ބޯވިލާގަޑެއްގެ އަސަރުކުރީ ނޭގިހުއްޓައެވެ. މިއަދު ކަރަމް އަކީ ޅައުމުރުގައި 2 ކިޑްނީ ފެއިލްވެފައިވާ ޒުވާނެކެވެ. 'ޒީޓައިމްސް' އަށް މަޢުލޫމާތުދެމުން ކަރަމް ބުނީ ބޮލުގައި ރިއްސާތީ ރަނގަޅުނުވެގެން އެޑްމިޓްކުރީ ގއ.ދާންދޫ ސިއްޙީ މަރުކަޒުގަ […]