އިސްރާއާއި މިޢުރާޖުގެ ވާހަކަ

އިސްރާއާއި މިޢުރާޖުގެ މަތިވެރި ހާދިސާއަކީ މާތް ﷲ ކީރިތި ރަސޫލާ މުޙައްމަދު ސައްލައްﷲ ޢަލައިހި ވަސައްލަމް އަށް ދެއްކެވި މަތިވެރި މުޢުޖިޒާތެކެވެ. މުސްލިމުންނަށް ކުރިމަތިކުރެއްވި ބޮޑު އިމްތިހާނެކެވެ. އިސްރާއަކީ މައްކާގެ އަލްމަސްޖިދުލް އަޤްސާއަށް މާތް ނަބިއްޔާ ކުރެއްވި ދަތުރުފުޅެވެ. އެމިސްކިތުގައި އެކަލޭގެފާނު ނަބީބޭކަލުންގެ އިމާމަކަށްވެ ވަޑައިގެން ވަނީ ނަމާދުކުރައްވާފައެވެ. މިޢުރާޖުގެ ދަތުރުފުޅަކީ ބިމުން ފެށިގެން ގޮސް މަތިވެރިވެގެންވާ އުޑުތަކަށް ކުރެއްވި ދަތުރުފުޅެވެ. އެއްވެސް މީހަކަށް ވާސިލު ނުވެވޭނެ މަތިވެރި ދަރަޖަތަކަށް އެކަލޭގެފާނު މިދަތުރުފުޅުގައި ވާސިލުވެ ވަޑައިގަތެވެ. މިމަތިވެރި […]
ރޫމި އާ ޖަންނަތު ބަލަންތަ؟ ޑާކްރެއިން މިއީ ތަފާތު ބައެއް!

ޑާކްރެއިން އެންޓަޓެއިންމެންޓަކީ ތަފާތު ޕްރޮޑަކްޝަން ހައުސްއެކެވެ. 2006ވަނަ އަހަރުން ފެށިގެން ޒުވާނުންނާއި މެދުއުމުރުގެ މީހުންނާއި ދޮށީއުމުރުގެ މީހުންވެސް ހެއްވާލަ ދެމުން އަންނަ ޑާކްރެއިނުން މިހާރު ފަށައިގެން މިއުޅެނީ 'ރޫމި އާ ޖަންނަތު' އެވެ. ދިރިއުޅުމުގެ ހާސްކަމާއި ފިރުކުތަކުން ދުރުކޮށްދީ އުފާވެރި މާހައުލެއްގައި މަޖާ ފިލްމެއް ބަލާލުމަށް ސިނަމާއަށް ގޮސްލަން ބޭނުންވާ މީހުންނަށް ޚާއްސަ އުފެއްދުންތައް އުފައްދާ ޑާކްރެއިން އެންޓަޓެއިންމެންޓުގެ ވެރިޔާ މުޙައްމަދު ޢަލީ (މޮގާ) 'ޒީޓައިމްސް' އަށް މަޢުލޫމާތު ދެއްވަމުން ފާހަގަކުރެއްވިގޮތުގައި ބޭނުމަކީ މީހުން އެންޓަޓެއިން ކޮށްދިނުމެވެ. […]