ފޮޓޯ: 500 ވަރަކަށް މީހުން ގައިދުރުކަމެއް ނެތި ކިއޫގައި!

ކޮވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒް އާންމުކޮށް ޖަހައިދިނުން މާދަމާއިން ފެށިގެން ހުއްޓާލާނެ ކަމަށް ބުނުމާއިއެކު ވެކްސިން ސެންޓަރުތަކަށް ވަނީ ބާރު ބޮޑުވެފައެވެ. ހުޅުމާލޭގެ ފްލޫ ކްލިނިކްގައި އެކަނިވެސް 500 އެއްހާ މީހުން މިއަދު މެންދުރު ކިއޫގައިތިބިއިރު، ބިދޭސީންނާއި ދިވެހިންގެ ކިއޫ ވަނީ ވަކިކޮށްފައެވެ. މާލޭގެ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒުގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލުގައި ވެސް ވެކްސިން ޖެހުމަށް ކިއޫގައި ވޭތުވެދިޔަ ތިންދުވަހު އެތައް ސަތޭކަ ބަޔަކުތިބި އިރު ގައިދުރުކަމެއް ނެތެވެ. އަދި ގައިދުރުކޮށް މީހުން ބޭތިއްބުމަށް […]
ރިޒްނާ: ނޫސްވެރިކަމުން ސިޔާސީ ދާއިރާއަށް!

އައްޑޫ ސިޓީ އަށް އުފަން އަދި އައްޑޫ ސިޓީގެ މުޙިއްބުއްދީން ސްކޫލްއާއި އިރުޝާދިއްޔާ ޕްރައިމަރީ ސްކޫލްގެ އިތުރުން އީޕީއެސްގައި ތަޢުލީމް ހާސިލްކޮށްފައިވާ ރިޒްނާ ޒަރީރު އަކީ ހުނަރުވެރި ކަނބަލެކެވެ. އެގޮތުން އާންމުންނަށް ރިޒްނާ ފެނިފައިވަނީ ނޫސްވެރިކަމުގެ ދާއިރާއިންނެވެ. ނަމަވެސް ރިޒްނާވަނީ ނޫސްވެރިކަމުގެ އިތުރުން އޭނާގެ ޝައުގުވެރިކަންހުރި ދާއިރާތައް ޒީޓައިމްސްއާއި ހިއްސާކޮށްފައެވެ. އެގޮތުން އޭނާ އެންމެ ޝައުގުވެރިކަން ހުންނަނީ ފެހުމާއި ހެދުން ޑިޒައިންކުރުމަށެވެ. އަދި ރިޒްނާގެ މަންމަ ކުރަމުން އަންނަ މަސައްކަތެއްކަމަށްވާ ކަސަބު ވިއުމުގެ މަސައްކަތައް ވަރަށް ބޮޑަށް […]