ތާރީޚް: ފުވައްމުލަކު ހުކުރު މިސްކިތް ކައިރީގައި ފާހަގަކުރެވޭ މަހާނަތަކެއް!

ފުވައްމުލަކު ރަސްގެފަންނުގައި ހުކުރު މިސްކިތް ބިނާކުރެއްވީ ދެއްވަދޫ ރަސްގެފާނު އެވެ. ހުކުރު މިސްކިތަކީ މީލާދީ ތާރީޚުން 1962 – 1701 އާއި ދެމެދު ބިނާކުރެވުނު މިސްކިތެކެވެ. މިސްކިތުގެ ޤަބުރުސްތާނުގައި ފާހަގަކުރެވޭ ބޭފުޅުންގެ މަހާނަތައް އެބަހުއްޓެވެ. އެއް މަހާނައަކީ ސާމިޔާ ފާށިނާކިލެގެ މަހާނަކަމަށް ބުނެވޭ މަހާނައެކެވެ. އެތާގައި ވަރަށްރީތި ގާތަކެއް ހުރިއިރު އޭގައިވަނީ ރީތިކޮށް ކުރެހުން އަޅައިފައެވެ. އަދި އައްސުލްޠާނު މުޙައްމަދު ޣިޔާސުއްދީންގެ ދަރިކަލުން އިބްރާހީމް ފާމުދޭރިކިލެގެފާނުގެ ބޭފުޅުން ފަސްދާނުލެވިފައިވެއެވެ. މީގެ އިތުރުން މުޙައްމަދު ޝަމްސުއްދީންގެ ދަރިކަލުން އަލްއަމީރު […]
އެސްފީނާއިން ދަރިން ރައްކާތެރި ކުރާށެވެ!

އެސްފީނާއޭ ބުނުމުން އެއީ ޙަޤީޤަތެއް ނެތް ފުލޯކު ވާހަކަތަކެއް ކަމަށް ޤަބޫލު ކުރާ މީހުން މަދެއް ނޫނެވެ. އަދި އެކަމުން ރައްކާތެރިވުމަށް ދޭ ނަސޭހަތްތަކަށް ބީރުކަންފަތެއް ދޭ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް، ވިސްނާލަން ޖެހޭ ކަމަކީ އެސްފީނާއަކީ ޙައްޤުތެދެއްކަމެވެ. އެއީ ޙަޤީޤަތެއްކަމެވެ. އެކަމުން އިންސާނުންނަށް އަސަރު ކުރުވާ ކަމެއްކަމެވެ. އެސްފީނާ އަކީ ޖެހޭ އެއްޗެއްކަން ޘާބިތުވާ އެތަށް ޙަދީޘް ތަކެއްވެއެވެ. މިކަމަށް އިންކާރު ކުރެވޭނެ އެއްވެސް ސަބަބެއް ނެތެވެ. ކީރިތި މާތް ނަބިއްޔާ صلى الله […]