ފަރުވާގެ ކުޑަ ބޮޑުމިނަށް ބެލުމަށްފަހު އެހީތެރިކަން ހަމަޖެހޭނެ – އެންސްޕާ

ބޭސް ފަރުވާ ކުރުމަށް އާސަންދަ ހަމަޖެހުނު ކަމުގައިވިއަސް، ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަވާ ބަލި މީހުން އެހީތެރިކަމަށް އެދި ސޯޝަލް މީޑިއާގައި ޕޯސްޓްތައް ޖަހާފައި ހުންނަތަން ފެނެއެވެ. 'ޒީޓައިމްސް' މެދުވެރިކޮށް މިފަދަ ފަރާތްތަކާއި ގުޅޭ ރިޕޯޓްތައް ވާނީ ގެނެސްދީފައެވެ. އަދި ތަކުރާރުކޮށް ގިނަ އަދަދެއްގެ ބަޔަކު އެހީތެރިކަމަށް އެދެމުންދާތީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭގޮތުގެ މަޢުލޫމާތު މިރިޕޯޓުގައި ގެނެސްދޭނަމެވެ. އާސަންދަ ސްކީމުން އެހީ ލިބިގެން ރާއްޖެއިން ބޭރަށްދާ […]
ހާދިސާ: ދޮންވެލިން ދަތް އުނގުޅާ ހައްވަ!

ހައްވައަށް ދަތް އުނގުޅަން ކަމުދަނީ ދޮންވެއްޔެވެ. އެހެންވެ ދޮންވެލިކޮޅެއް ބަލާ ފަތިހާ ހޭލައިގެން ބާރު ބާރަށް އަތިރިއާއި ދިމާލަށް ދަނިކޮށް، ފުރޮއެއް ކޮނޑު އަޅައިގެން އައި އަލިފުޅާއި ދިމާވެގެން އަލިފުޅު ހައްވަގާތުން އަހާލިއެވެ. އަލިފުޅު: ހައްވާ މާބާރަކަށް ކޮންތާކަށް؟ ހައްވަ: މިދަނީ ވެލިކޮޅެއްބަލާ އަތިރިމައްޗަށް! ބަލަ އަލިފުޅު ނާހަންތަ އަޑުފޮށިން ގޮވާ ގޮވެލިފަތިވެސް؟ އަލިފުޅު: ކޮން ގޮވެލި ފައްޗެއްތަ؟ ހައްވަ: މިއަދު ރާއްޖޭގެ ހުރިހާ ރަށެއް އެއްރަށަކަށް ހަދާފައި އެއްފަސްކޮށް ފަސްގަނޑުވެސް އުސްކުރާ ވާހަކައެއް ނާހަންތަ؟ […]