ނ.މިލަދޫ ރެދިންގެ ގައުފުނި

ނ.މިލަދޫގައި ރެދިންގެ ގައުފުނި ކިޔާތަނެއް އޮވެއެވެ. މިއީ ބުޑިސްޓް މޮނާސްޓްރީއެއް ހުރި ތަނެއް ކަމަށް ވަނީ މަޢުލޫމާތުލިބިފައެވެ. މިތަންހުރީ ރަށުގެ އިރުމަތީ ފަރާތުގައެވެ. އެދިމާއިން 150 ވަރަކަށް ފޫޓަށްވުރެ ބޮޑުބައެއް ގިރައިގެން، ތަނުގެ ބޮޑުބައި މިހާރުވަނީ މޫދަށް ގޮސްފައެވެ. ކުރިން މިތަނާ ގޮނޑުދޮށާ ދެމެދު 180 ވަރަކަށް ފޫޓު ހުރިކަމަށްވެއެވެ. މިތަނަކީ ތަހްޤީޤުކުރަން މުހިންމުތަނެއްގެ ގޮތުގައި ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ ފާހަގަކޮށްފައެވެ. 1987ވަނަ އަހަރު މެއިމަހުގެ ތެރޭގައި އާކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާގެ […]
ވިހެއީ 25 ހަފްތާގައި، މިހާރު އުމުރުން 6 އަހަރު!

އައްޑޫ ސިޓީއަށް އުފަން އާމިނަތު ސިތުނާ އާއި ޢަލީ ސައީދުގެ ހަމައެކަނި ދަރިފުޅު އާއިޝަތު ޒީވާ ޢަލީ (ޒީވާ) އުފަންވީ ބަނޑަށް 25 ހަފްތާގައެވެ. ދަރިފުޅުގެ އެހާރާއި މިހާރުގެ ފޮޓޯ ސޯޝަލް މީޑިއާއިން ފެނުމުން އިތުރު މަޢުލޫމާތު ހޯދާލުމަށް 'ޒީޓައިމްސް' އިން ކުރި މަސައްކަތުން ސިތުނާ ވަނީ އެމަޢުލޫމާތު ޒީޓައިމްސް އާއި ހިއްސާކޮށްފައެވެ. އެއީ 2014ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 22ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެވެ. ސިތުނާ އަށް ހޭލެވުނީ އާދަޔާ ޚިލާފަށް ބަޑުން ފެން ފައިބާހެން […]