ފޮޓޯ: މިޔަރު މަސްވެރިކަން ކުރަމުންދިޔަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް

މިޔަރު މަސްވެރިކަން ކުރަމުންދިޔަ ބަޔަކު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތުދީފައެވެ. " އދ. މަންދޫ ކައިރީގައި މިޔަރު މަސްވެރިކަން ކުރަމުންދާކަމަށް، މިއަދު ހެނދުނު 11:30 ހާއިރު ލިބުނު މަޢުލޫމާތަކާއި ގުޅިގެން އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ވަނީ ދޯނި ލޮކޭޓްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި. މާވަރު ފަޅު ކައިރިން 4 މީހުންނާއެކު މިދޯނި ހުއްޓުވީ މިޔަރު މަސްވެރިކަން ކުރަމުން ދަނިކޮށް" ފުލުހުން ވިދާޅުވިއެވެ. މިދޯނި ބަލާ ފާސްކުރިއިރު ދޯނިތެރެއިން […]
ޖަޕާނު އަކިޓޯ ބައިޤަރުނު ރާއްޖޭގައި، ޤައުމަށް ދެވޭ ގޮތެއްނުވި

ޖަޕާނުގެ ކަނަގަވާ ސިޓީ އަށް އުފަން އަހުމަދު އަކިޓޯ އަކީ 1970 ގެ ތެރޭގައި ރާއްޖެއައި މީހެކެވެ. އޭނާގެ ރަސްމީ ނަމަކީ އަކިޓޯ ފުރުޖޯ އެވެ. އެހެން ނަމަވެސް ދިވެހި އެކުވެރިން އޭނާ އާއި މުހާތަބު ކުރަނީ ނަންބާގެ ނަމުންނެވެ. ރާއްޖެއައިސް އޭނާ މަސައްކަތް ކުރަމުން ދިޔައީ ދިވެހި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ 'ހޯކޯ ބޯޓު'ގައެވެ. އެކި ރަށްރަށުން މަސް ކިރަން ބަނދަރު ކުރާ އެބޯޓަކީ ވަރަށް ގިނައިން ބ.އޭދަފުއްޓަށް ބަނދަރުކުރާ ބޯޓެއް ކަމުން އަކިޓޯ އެރަށުތެރެއަށް […]