ބަނބުކެޔޮ ރިހަ މިގޮތަށް ކައްކާލާ، މީރު ވާނެ!

ބޭނުންވާތަކެތި ބަނބުކެޔޮ ވަޅޯމަސް 8 ހިކިމިރުސް 2 ސައިސަމުސާ ދިރި 1 ސައިސަމުސާ ދަވިއްގަނދު 3 ސައިސަމުސާ ކޮތަނބިރި 1 ސައިސަމުސާ އަސޭމިރުސް 4 ލޮނުމެދު ½ 1 އިންޗި އިނގުރު 1 ފިޔާ ހިނކަނދިފަތް ރާނބާފަތް 1 ބޮޑު ކާށީގެ ފެންކިރު / އަދި ބޯކިރު ލޮނު ތައްޔާރުކުރާނެ ގޮތް ހިކިމިރުސް، ދިރި، ދަވިއްގަނދު، ކޮތަނބިރި، އަސޭމިރުސް، ލޮނުމެދު، އިނގުރު، ފިޔާ، ހިކަނދިފަތް އަދި ލޮނު އަޅާފަ މިކްސަރުން ފުނޑާލާށެވެ. ފެންކިރު ތެރެއަށް ފުނޑާފައިހުރި މިރުސްގަނޑު […]
ފާއިޒާ: ފުޅާ ދާއިރާއެއްގައި ކުނާ ވިޔުމުގައި 40 އަހަރު!

ކުނާ ވިޔުމަކީ މަރްޔަމް ފާއިޒާ އެންމެ ކުރާހިތްވާ މަސައްކަތެވެ. އުމުރުން 15 އަހަރުގައި ކުނާ ވިޔުމުގެ މަސައްކަތް ފެށިގޮތަށް ވޭތުވެދިޔަ 40 އަހަރު ދެމިހުރީ އެމަސައްކަތުގައެވެ. ތުނޑު ކުނާ ވިޔުމަށް އެންމެ މަޝްހޫރު ގދ.ގައްދޫ އަށް އުފަން ފާއިޒާ މިމަސައްކަތުގެ ތެރެއަށް ވަދެވުނީ މަންމަ ކުނާ ވިޔުމުގެ މަސައްކަތްކުރިއިރު ޢަމަލީގޮތުން މިމަސައްކަތުގެތެރޭގައި އުޅެންފެށި ހިސާބުންނެވެ. ކުނަލާއި ކުނަލުގެ އުފެއްދުންތަކުގެ ބައިން ތަފާތު މައުރަޒުތަކުން ކާމިޔާބީތައް ހޯދާފައިވާ ފާއިޒާގެ އެންމެބޮޑު ކާމިޔާބީ އަކީ އަތްތެރި މަސައްކަތްކުރުމާއި، ކުރިއެރުވުމުގެ ރޮނގުން […]