ކުޑަކުދިންގެ ހާދިސާ: އައިހަމް އާއި ކުރުނބާ!

އައިހަމް ކިޔަވަނީ މަރަދޫ ސްކޫލްގެ ގްރޭޑު 7 ގައެވެ. ސްކޫލް ޗުއްޓީ ތެރޭގައި އައިހަމްގެ މަންމަ ޝަބީބާ ޢާއިލާގެ ހުރިހާ އެންމެން ގޮވައިގެން ފަޅު ރަށަށް ދަތުރު ދާން ނިންމިއެވެ. އެފަޅުރަށަކީ ޝަބީބާގެ ރައްޓެއްސަކަށް އޮންނަ ފަޅު ރަށެކެވެ. ކާއެއްޗިއްސާއި ބޯނޭ ދަޅުތަކާއި ފުޅިގަނެ ތައްޔާރުކޮށް އެދުވަހު ފަތިހާ ޝަބީބާއާއި ގޭގެ ހުރިހާ އެންމެން ލޯންޗެއްގައި އެރަށަށް ދާން ފުރައިފިއެވެ. އެރަށަށް ލެފީ ފުރިތާ 20 މިނިޓް ފަހުންނެވެ. އެރަށަކީ ފަޅުތެރެ ރީތި ރަށެކެވެ. މުޅިރަށް ފުރާލާފައި […]
ކޮންމެ ބަދަލަކީ ތަރައްޤީއެއް ނޫން، ދިވެހިންނަށް ވާނެ!

ކުރިޔަށް އޮތީ ހުކުރުދުވަސް ކަމުން އޮފީހުން ނިމިގެން އަންނަމުން ބޯކޮށާލާނަމޭ ހިތައި، ރަނގަޅު ތަނެއް ފެނޭތޯ ދުއްވާލީމެވެ. ތިން ހަތަރު ތަނެއް ފެނުނުއިރު، އެތަންތާގެ ބޭރުގައި އެކިއެކި ގޮތްގޮތަށް ބޯކޮށާފައިވާ މީހުންގެ ފޮޓޯތަކާއި ޕޯސްޓަރުތައް ހުއްޓެވެ. އެތަނުން އެންމެ ރަނގަޅުވާނެހެން ހީވާތަނަށް ވަންއިރު ނަސީބަކުން އިތުރު ބަޔަކު މަޑުކޮށްގެން ނެތެވެ. ބޯކޮށަން ހާއްސަކޮށްފައި ހުރި ގޮނޑީގައި ޖައްސާލުމުން ކަރުން ފެށިގެން ގައި ނިވާވާނެހެން ފޮތިގަނޑެއް އަޅަމުން "ބޭބެ ކޮން ވައްތަރު ކޮށަން ބޭނުން؟" ހޭ އެހުމުން ކޮށަން […]