ތަކެތީގެ އަގު ބޮޑުކުރުމަކީ ނިކަމެތީން އިތުރަށް ނިކަމެތިވާނެ ކަމެއް!

ދަތިޙާލުގައި މީސްތަކުން އުޅޭއިރު އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ވަގުތެއްގައި، ތަކެތީގެ އަގު ބޮޑުކުރުމަކީ ނިކަމެތީން އިތުރަށް ނިކަމެތިވާނެ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައިވަނީ ފާހަގަކޮށްފައެވެ. މީސްތަކުންނަށް ތަކެތި ގަތުމަށް ކޮންމެހެން ބޭނުންވާ ޙާލަތްތަކުގައި މުދަލުގެ އަގު ބޮޑުކޮށްގެން ވިއްކުމަކީ ވިޔަފާރި ހުއްދަ ކުރެވުނު ޝަރުޢީ މަސްލަހަތާ ފުށުއަރާ ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ. " ވިއްކާ މީހާއަށް މިނިވަންކަން ލިބިގެންވުމާއި، ވިއްކާ މުދަލުގެ ފައިދާލާނެ ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވޭ. ނަމަވެސް އިސްލާމް ދީނުގެ ސަމާޙަތްތެރިކަމާއި ލުއިދިނުން ފަދަ ޝަރްޢީ އަދަބުތަކަށް […]
ސުއޭޒް ކެނަލްގެ ހުއްޓުމާއި ވިޔަފާރި

ދަތުރުފަތުރު ކުރުމުގައި ވަގުތާއި ފައިސާ ސަލާމަތް ކުރުމަކީ މިވިޔަފާރީގެ ނަފާ ހޯދުމުގައި އެންމެ މުހިންމު އެއް އަސާސްކަމުގައި ވީހިނދު، އޭޝިއާ ބައްރުން ޔޫރަޕަށް ކަނޑުމަގުން ކުރާ ދިގު ދަތުރުތަކުގައި މިދެންނެވި މިސްރާބަށް ދަތުރުކުރަން ބޭނުން ކުރާ އެންމެ މުހިންމު އެއް މަގަކަށް ވާނީ ހަމަ ޔަގީނުންވެސް މިސްރުގެ ސުއޭޒް ކެނަލްއެވެ. އެތައް ޒަމާނެއް ވަންދެން އެފްރިކާ ބައްރުގެ ކޮޅުން ވަށާލައިގެން ދަތުރުތައް ކުރަމުން ދަނިކޮށް، ވިޔަފާރިތަކަށް އެންމެ ބޮޑު ތަސައްލީއެއް ލިބުނީ މިސްރުގެ ސުއޭޒް ކެނަލްގެ ސަބަބުންނެވެ. […]