ބޯށި ތެލުލަން ބޭނުންތަ؟ ކިހިނެއް ތެލުލަނީ؟

ބޭނުންވާތަކެތި 1 ބޯށި 2 ފިޔާ 4 ލޮނުމެދު 5 ހިކިމިރުސް ވަޅޯމަސް ހިކަނދިފަތް 1/2 ގިތެޔޮމިރުސް ލޮނު ތެޔޮ ފެން ތައްޔާރުކުރާނެ ގޮތް ބޯށީގެ ބޭރު ދޮވެ ފެން ހިއްކުމަށްފަހު ތުނިކޮށް ކޮށާށެވެ. ބޯށި ކޮށާނީ ލޮނު އަޅާފައިހުރި ފެނުގެތެރެއަށެވެ. މިގޮތަށް ފެނުގައި 10 ވަރަކަށް މިނިޓް ބެހެއްޓުމަށްފަހު، ބޯށި ރަނގަޅަށް ދޮވެ ފެންހިއްކާށެވެ. ފިޔާ، ލޮނުމެދު، ވަޅޯމަސް އަދި ގިތެޔޮމިރުސް ތުނިކޮށް ކޮށާށެވެ. ތަވާ އުދުންމައްޗަށް އުދާފަ ތެޔޮއަޅާ ހޫނުވުމުން އޭގެތެރެއަށް ފިޔާ، ލޮނުމެދު، […]
ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރަންޖެހޭ މުހިންމު ކަންތައްތައް!

މާތްﷲ ހުރިހާ އިންސާނުންގެ ތެރެއިން ނަބިއްޔާ صلى الله عليه وسلم މާތް ކުރެއްވިއެވެ. މަލާއިކަތް ބޭކަލުންގެ ތެރެއިން ޖިބްރީލުގެފާނު މާތް ކުރެއްވިއެވެ. ބިންތަކުގެ ތެރެއިން ޙަރަމް މާތް ކުރެއްވިއެވެ. ހަތް ދުވަހުގެ ތެރެއިން ހުކުރު ދުވަސް ވަނީ މާތް ކުރައްވާފައެވެ. އަދި ބާރަ މަސްދުވަހުގެ ތެރެއިން ރަމަޟާން މަސް މާތް ކުރެއްވިއެވެ. އަދި އެމަހުގަ އެއްހާސް މައްސަރަށްވުރެ މަތިވެރިވެގެންވާ ރެއެއް ލައްވާފައިވެއެވެ. މިކަމުންވެސް ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން އެނގި ހާމަވެގެންދެއެވެ. މި މަތިވެރިވެގެންވާ މަސް އަޅުގަނޑުމެންނާ […]