ހާދިސާ: ހިކުމަތްތެރިކަމުގެ އަރާމާއި މީރުކަން

ކުރީ ޒަމާނުގައި ދޮންމަނިކު ކިޔާ ވަރަށް މުއްސަނދި ވިޔަފާރިވެރިޔެއް އުޅުނެވެ. މަސްދޯނިފަހަރު ގެންގުޅުމާއި، ދަނޑުވެރިކަމާއި، އެކި ބާވަތްތަކުގެ މުދާ ވިއްކާ ފިހާރަތައް ހިންގުންފަދަ އެތައް ވިޔަފާރިއެއް ކުރަމުން ދިޔަ ދޮންމަނިކުގެ ތިބެނީ ދެ ފިރިހެން ދަރިންނެވެ. އަލިމަނިކާއި ހަސަންމަނިކެވެ. ދޮންމަނިކުގެ މާލީ ތަނަވަސްކަމާއިއެކު ދޮންމަނިކުގެ ދެ ދަރީން މާލޭގައި ބައިތިއްބައިގެން ރާއްޖެއިން ކިޔެވެންހުރި ވަރަށް ކިޔަވައިދިނުމަށްފަހު ރާއްޖެއިން ބޭރަށް ފޮނުވައިގެން މަތީ ތަޢުލީމު ހާސިލުކޮށްދިނެވެ. ދެދަރީން ރާއްޖެއިން ބޭރުން ކިޔަވައިގެން އައިތާ މާގިނަ ދުވަހެއް ނުވެ ދޮންމަނިކު […]

ރަނގަޅު ދޮންމަންމައިން އުޅޭކަން ސާބިތުކޮށްދިނީ ހޯރަފުށީ ޒިހުނާ..

ހއ. ހޯރަފުއްޓަށް އުފަން ފާތިމަތު ޒިހުނާގެ ދޮންދަރިފުޅަށް އެދަރިފުޅުގެ ބައްޕަ ކިޑްނީ ހަދިޔާކުރި ވާހަކަ ޒީޓައިމްސް އިން ވާނީ މިއަހަރުގެ ޖެނުއަރީމަހުގެ 21ވަނަ ދުވަހު ކިޔުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. ހދ. ހަނިމާދޫއަށް އުފަން އިބްރާހީމް ހަސަންގެ ކިޑްނީ އުމުރުން 13 އަހަރުގެ އާއިޝަތު އާޔާ އިބްރާހީމް އަށް ދިނުމުގެ ބޮޑު އޮޕަރޭޝަން ކުރުމަށްފަހު މިއަދާއިހަމައަށް އެދެބަފައިންގެ ހުރިހާ ޒިންމާއެއް އުފުލަމުންދަނީ ޒިހުނާއެވެ. މިރިޕޯޓުގައި ތަފްސީލް ހިމަނާލަން ބޭނުންވަނީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިފަދަ ހިތްވަރުގަދަ ތަފާތު ދޮންމަންމައިން ދިރިއުޅެމުންދާތީ […]