އެކަކު އަނެކަކަށްވުރެ ކުރިއަރައިދާށެވެ!

ދިރިއުޅުމަކީ ރޭހެކެވެ. އެންމެންނަކީވެސް ވާދަވެރިންނެވެ. އެއްބަޔަކު އަނެއްބަޔަކަށްވުރެ ކުރިއަރައިދިއުމަށް މަސައްކަތް ކުރާ ބައެއްކަމުގައި އިންސާނުންވެއެވެ. އެއީ ވިޔަފާރީގެ ގޮތުން ނުވަތަ މުދަލުގެ ގޮތުންނެވެ. ތަޢުލީމާއި މަޤާމުގެ ގޮތުންނެވެ. ޖާހާއި ޝަރަފުގެ ގޮތުން އެއްބަޔަކު އަނެއްބަޔަކަށްވުރެ މޮޅުވާން ބޭނުންވެއެވެ. ކުރިއަރައިދާން ބޭނުންވެއެވެ. އެކަމަށް މަސައްކަތް ކުރެއެވެ. އަދި އަނެކާއަށްވުރެ ތިމާ ކުރިއަރައިދާނެ ގޮތަކާއިމެދު ވިސްނައެވެ. އަދި ތިމާއަށް ލިބިފައިވާ މުދަލުގެ ގިނަކަމުގެ މޮޅު ވާހަކަ ދައްކައި އެކަމުގެ މައްޗަށް ފަޚުރުވެރިވެއެވެ. އަނެކާއަށްވުރެ ދަރިން ގިނަކަމަށްޓަކައިވެސް ފަޚުރުވެރިވެއެވެ. ވީމާ، ދުނިޔޭގެ […]
ދިވެހިންގެ ހުނަރު ދައްކުވައިދޭ ރީތި ބަގީޗާއެއް!

އާބާދީގައި 1292 މީހުން ދިރިއުޅޭ ފ.ފީއަލީ ކައުންސިލް އިދާރާއިން މިވަނީ ނަމޫނާ ދައްކާފައެވެ. މިހަފްތާގައި ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ދެކެވުނު އެއްވާހަކައަކީ ފީއަލީ 'ކޮއި ކޮކާ ބަގީޗާ'ގެ ރީތި ވާހަކައެވެ. ކައުންސިލުން އިސްނަގައިގެން ކުރި މިމަސައްކަތުގައި، 100 އިންސައްތަ ދިވެހިންގެ ބައިވެރިވުން އޮވެގެން މަސައްކަތް ނިންމައިފައިވުން މިއީ ފާހަގަކޮށްލެވޭ ކަމެކެވެ. ފީއަލީ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލު 'ޒީޓައިމްސް' އަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ މި އޭޕްރީލް މަހުގެ 3ވަނަ ދުވަހުން ފެށިގެން އާންމުކޮށް ބަގީޗާ ހުޅުވާލާފައިވާ ކަމަށެވެ. […]