ކުޑަކުދިންގެ ހާދިސާ: ތަރުކާރީ އާއި މޭވާ ކެއުމުން ޒައިން އަށް އައި ބަދަލު

ޒައިން ހުންނަނީ ކުޑައިރުއްސުރެ ރީތި ވަރަކަށް ފަލަކޮށެވެ. ޒައިންގެ މަންމަ ރަޝީދާ، ތަރުކާރީ އާއި މޭވާގެ ބާވަތްތަކުން ކިތަންމެ މީރު އެއްޗެއް ތައްޔާރުކޮށްފައި ޒައިން އަށް ކާންދޭން އުޅުނަސް ޒައިން އަށް ކެވޭކަމަކަށް ނުވެއެވެ. އާއްމުކޮށް ޒައިން އަށް މީރީ ފަލަވާ ފާޑުގެ ބާވަތްތަކެވެ. އެއީ ރޮށްޓާއި، ތެޔޮ ހެދިކާ، ބަޓަރާއި، ޖޭމާއި އަދި ތަފާތު ފޮނި ބާވަތްތަކެވެ. އެއްދުވަހަކު ޒައިން ރަށްޓެހި ކުދި ބަޔަކާއި އެއްކޮށް ކުޑަބަނޑޮހަށް ދަތުރަކު ދިޔައެވެ. ހުރިހާ ކުދިންތައް ސައިބޮއި ހަދައިގެން […]
ނަސްރު- ރީތި ކުރެހުންތަކުން ގިނަބައެއްގެ މަޤްބޫލުކަން

ބައެއް ފަންނުތަކަކީ އެމީހެއްގެ ކިބައިގައި ހުނަރު ހުއްޓަސް އެކަމުގެ ޝަޢުޤުވެރިކަމެއް ނެތްނަމަ ކުރި އަރައިގެން ނުދާނެ ފަންނުތަކެވެ. ރާއްޖޭގައި ތިބި ގިނަ ފަންނުވެރިންނަކީ އެމީހެއްގެ އެ ހުނަރު ހުރުމާއިއެކު އެކަމަށް ހުންނަ ޝައުޤުވެރިކަމުން ކުރިއަރަމުން އަންނަ ބައެެކެވެ. ކުރެހުމުގެ ދާއިރާގައި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދަމުންދާ ގދ. ތިނަދޫއަށް އުފަން ނަސްރުﷲ ޢަލީ އަކީ މިފަދަ ފަންނުވެރިއެކެވެ. އެންމެ ފުރަތަމަ ކުރަހަން ޝައުޤުވެރިވީވެސް ބޭބެއަކު ކުރަހާފައި ހުރި ކުރެހުމެއް ފެނިގެންނެވެ. އެހިސާބުން ކުރެހުމުގެ ތެރެއަށް ވަންގޮތަށް މިހާރުވެސް […]