އަނބު އަދި އޮރެންޖު ޖޫސް

ބޭނުންވާތަކެތި: 1 ޖޯޑު އަނބު (ކޮށާފައި ހުރި) 1 އޮރެންޖު (ތޮށި މަށާފައި) 6 އައިސް ކިއުބް 2 ޖޯޑު ފެން 1 މޭޒުމަތީ ސަމުސާ މާމުއި ތައްޔާރުކުރާނެ ގޮތް ހުރިހާ ބާވަތްތައް އެއްކޮށް މިކްސަރަށް އަޅާފައި ރަނގަޅަށް ހިމުންވަންދެން ގިރާލާށެވެ. އަދި އެއަށްފަހު އައިސް އަލަމާރީގައި ފިނިކުރުމަށް ބަހައްޓާށެވެ. ފިނިކުރުމަށްފަހު ބުއިމުން ރަހަ މީރުކަން ފާހަގަކުރެވެއެވެ. އަދި މިއީ ސިއްޙަތަށް ފައިދާހުރި ޖޫހެކެވެ.
ރޯދަމަހުގެ ފުރަތަމަ ދުވަސް: ތަކެތީގެ އަގު މަތިވެ، ދޮންކެޔޮ ހުސްވެއްޖެ!

މިއަދަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައިވާތީ މާލެ އަދި ހުޅުމާލެ މާރުކޭޓުގަ މުދާ ވިއްކާ އަގުތައް ބަލާލީމެވެ. އެންމެބޮޑަށް ފާހަގަވީ މާލޭ ލޯކަލް މާރުކޭޓުން އަދި ހުޅުމާލެ ރަށު މާރުކޭޓުން ވެސް ދޮންކެޔޮ ހުސްވެފައިވާ ކަމެވެ. އަދި ދޮންކެޔޮ ލިބެންހުރީ މަދު ފިހާރައަކުން ކަމުގައިވާއިރު އާދައިގެ ދޮންކެޔޮވަކެއް ފިހާރަތަކުގައި އުޅެނީ 4 ރުފިޔާ އަދި 5 ރުފިޔާ އަށެވެ. ދޮންކެޔޮ ކިލޯ އެއް އުޅެނީ 50 ރުފިޔާ އަށް ވުރެ މަތީގައެެވެ. ޖުމްލަގޮތެއްގައި ރަށު މާރުކޭޓަށް ބަލާއިރު […]