ފާރޮށި ކަލިޔާ

ބޭނުންވާތަކެތި: 6 ޖޯޑު ފާރޮށި (މުގުރާފައި ހުރި) 2 ދަޅު ގެރިކިރު 3 ޖޯޑު ޅަގަބުޅީގެ ހުނި 1 ޖޯޑު ހަކުރު ½ ޖޯޑު ކަސްޓަރޑް 3 ޖޯޑު މާފެން ތައްޔާރުކުރާނެ ގޮތް ތެއްޔަކަށް ހުންޏާއި ހަކުރު އަޅާފައި އުނދުން މައްޗަށް އުދާށެވެ. މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން އެއްކުރަމުންދާށެވެ. ހުނިގަނޑު މޯޅިވުމުން ފާރޮއްޓާއި ކަސްޓަރޑް 8 ޖޯޑު ފެނުގައި ގިރާފައި އެއްކޮށްލާށެވެ. ރޯނުފިލާނަމަ ކުޑަފެންފޮދެއް އަޅާށެވެ. ރޯފިލުމުން މާފެން އެއްކޮށްލާށެވެ. އަދި ބާލަންވީމަ ގެރިކިރު އެއްކޮށްލާށެވެ.
ރަމަޟާން މަސް އިންޑިއާގައި، ދިވެހިންނަށް ދިމާވާ ދަތިތައް!

ރަމަޟާން މަސް އިންޑިއާގައި އަޅުގަނޑު ހޭދަކުރަންޖެހިފައިވާއިރު، މިދުވަސްވަރު އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތަކުގެ މައްޗަށް މިރިޕޯޓުގައި ބަލާލާނަމެވެ. އިންޑިއާގައި ދިރިއުޅޭ ބައެއް ޢާއިލާތަކާއި ވާހަކަދައްކާލިއިރު ކޮވިޑް 19ގެ ބަލިމަޑުކަމުގައި ކެއުން ބުއިމުގައި ބޭނުންކުރާ ތަކެތި ލިބުމުގައި ގިނަ ދަތިތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންގެ އަދަދު މަދުވުމުން މާލެއިން އިންޑިއާއަށް އެއްޗެތި ގެންދިއުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އާންމު ގޮތެއްގައި ދިވެހިން ކެއިންބުއިމުގައި ބޭނުންކުރަމުން އަންނަ ބާވަތްތަކަށް […]