ބިރުވެރި ހާދިސާ: ދެމާރިދުންގެ އުދުހުން

އިހުޒަމާނުގައި ހުވަދުއަތޮޅު ފިޔޯރީ ކައިރީގައި ބޮޑޮހިނިހުއްޓާ ނަމަކަށް ކިޔާ ވަރަށްރީތި ކުޑަ ފަޅުރަށެއް އޮވެއެވެ. މި ރަށަކީ އަތޮޅުގެ އެކިރަށްތަކުން ރޯދަމަހާ ދިމާކޮށް ރޯދައަށް ގެއަށް ވެލިލުމަށްޓަކައި ވެލިނަގަން ދާރަށެކެވެ. އެގޮތުން އެއް ރޯދަމަހެއްގައި ގދ. ފަރެސްމާތޮޑާ ބަޔަކު އެއްރެއެއްގެ ދަންވަރު ގާތްގަޑަކަށް ތިނެއްޖެހިހާއިރު ވެލި ނެގުމަށްޓަކައި އެރަށަށް ގޮސް ފޭބީ އާންމުކޮށް މީހުން އެރަށަށް އަރާ ދިމާއަކުން ނޫނެވެ. އެމީހުން އެރަށަށް ފޭބީ ރަށުގެ ކޮޅު އަކިރިގަނޑާ ދިމާލުންނެވެ. ރަށަށް ފޭބުމަށްފަހު އަނދިރިކަމުން ފަތިސް […]
ކާށިކިރުލީ ބިސްފޮޅި

ބޭނުންވާތަކެތި: 1 ޖޯޑު ފުށް 2 ޖޯޑު ކާށިބޯކިރު 8 ބިސް ކާށިތެޔޮ ނުވަތަ ކުކިންގ އޮއިލް ލޮނުކޮޅެއް ތައްޔާރުކުރާނެ ގޮތް ބިސް ތަޅާލުމަށްފަހު ތައްޓަކަށް އަޅާށެވެ. ލޮނުކޮޅެއް އެޅުމަށްފަހު ރަނގަޅަށް ފޮނުއަރަންދެން ގިރާލާށެވެ. ފުށާއި ކިރު ވަކިން ރަނގަޅަށް ގިރާށެވެ. އެއަށްފަހު ދެބައި އެއްކޮށް ގިރާށެވެ. ތަވާ އުނދުން މައްޗަށް އުދާފައި ހޫނުވުމުން ތަވާގައި ކުޑަތެޔޮފޮދެއް ހާކާފައި ތުނިކޮށް ދެފުށް ފޮޅިގޮތަށް ފިހެލާށެވެ.