ފޮޓޯ: ރޯދަކުރުކުރުން- ގދ.ގައްދޫ

ގިނަ ދާއިރާތަކަކުން ފާހަގަކޮށްލެވޭ މުބީންގެ އެންމެ ޚާއްސަ ކަމަކީ ކޮބާ؟

އަޙްމަދު މުބީން އަކީ ވަރަށްގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ނަވާރަ އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިއެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވަނީ ކުރައްވާފައެވެ. ކުރީގެ މުދައްރިސެއް، ޕްރިންސިޕަލެއް އަދި މަތީތަޢުލީމު ޙާސިލްކުރައްވައިގެން ހުންނެވި ޒުވާން ވިޔަފާރިވެރިއެކެވެ. އަޙްމަދު މުބީން ފ.މަގޫދޫ އަށް އުފަން މުބީން އެންމެ ފުރަތަމަ ތަޢުލީމް ހާސިލްކުރެއްވީ ރަށު ސްކޫލުންނެވެ. އެއަށްފަހު އޯލެވެލް ހެއްދެވީ އެމް.އީ.އެސް އިންނެވެ. ސްކޫލް ދުވަސްވަރުވެސް ކުޅިވަރުގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. "އިންޓަރ ސްކޫލް ފުޓްބޯޅަ […]