ތާރީޚް: ގދ.ވާދޫ އަކީ އާޘާރީ ގިނަ އަދަދެއްގެ ތަންތަން ހުރި ރަށެއް!

ގދ.ވާދޫގެ އާސާރީ ތަންތަނަށް ބަލާއިރު އެރަށުގެ މެދުތެރޭގެ އިރުއުތުރު ބައިގައި 128 ފޫޓު ވަށަމިން ހުރި އުސްގަނޑަކާއި އުސްމިނުގައި 15 ފޫޓު ހުރި އުސްގަނޑެއް ހުންނަކަމަށްވެއެވެ. ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މަޢުލޫމާތުދޭގޮތުގައި މި ދެތަނާއި އެއްމިސްރާބެއްގައި ދެން ހުންނަނީ ވާދޫ އާޘާރީ ހުކުރު މިސްކިތެވެ. " މިތަނަކީ ކުރިން ބުޑިސްޓް ދީނުގެ ފައްޅިއެއް. ފަހުން މިސްކިތަކަށް ބަދަލުކޮށްފައިވަނީ. މިމިސްކިތުގެ ވަށާ ސަރަހައްދުގައި ކުޑަކުޑަ ތިން އުސްގަނޑު ހުރި. މިތަންތަންތަނަކީ ކުދި ކުދި އިސްތޫފާތަކެއް. މިތަންތަނުގެ […]
ރައީސް ނަޝީދަށް ދިން ހަމަލާ، ޖެހިލުންކުޑަ ޓެރަރިސްޓް ހަމަލާއެއް!

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، މާލޭގައި އެއްޗެއް ގޮއްވާލައިގެން ރޭގެ ވަގުތެއްގައި ދިން ހަމަލާގައި ޒަޚަމްވެވަޑައިގަތުމުން މިވަގުތުވެސް އެމަނިކުފާނަށް ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެއްވަމުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ 8:30 ހާއިރު ރައީސް ނަޝީދުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި އެއްޗެއް ގޮއްވާލާފައިވަނީ ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. މިހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ގެއްލުންތަކުގެ ތަފްސީލެއް އަދި މިހަމަލާދިން ގޮތެއް ރަސްމީ ސިފައެއްގައި […]