ބިރުވެރި ހާދިސާ: ރަހަދޫ ބޮޑުގެރި

ރަހަދޫ އަކީ އެއްޒަމާނެއްގައި ވެސް މީހުން އެހާ ގިނައިން ދަތުރު ކުރާ ރަށެއް ކަމަށް އެނގިފައެއް ނުވެއެވެ. މަދުން ނަމަވެސް މީހުންގޮސް އައިސް އުޅުނު ރަށެއް ކަމަށް ފާހަގަ ކުރެވެއެވެ. ރަށުގެ ގޮޑުދޮށް ފެންނަނީ ވަރަށް ސާފުތާހިރުކޮށެވެ. މޫދު ވިނަކޮޅެއްވެސް ފެންނަން ނެތެވެ. ހީވަނީ ބަޔަކުގޮސް ސާފުކޮށްފަ އޮތްހެންނެވެ. ގޮޑުދޮށް ހީވަނީ ރިހީގެ ދޫލައެއް ފަތުރާފައި އޮތްހެންނެވެ. އެހާވެސް ދޮންވެލިގަނޑު ސާފުވެފައި ރީއްޗެވެ. އިންސާނީ ހިތްތަކަށް ތަސައްވަރު ނުކުރެވޭހާ ރީއްޗެވެ. މިއިން ދުވަހަކުވެސް ބަޔަކު އެރަށަށް ދިޔަހެން […]
ހައްދުފަހަނައެޅުމާއި ލާދީނީ ފިކުރަކީ އެއް ފައިސާފޮތީގެ ދެފުށް؟

ފަހަރުގައި ދައްކަން މިއުޅޭ ވާހަކައިން ހޫނު ފެނަށްވެސް ވެއްޓިދާނެއެވެ. މިއީ އެކިފަހަރު މަތީން މިވާހަކަ ދައްކަން އުޅުމުން ކުރެވިފަ ހުރި ތަޖުރިބާވެސްމެއެވެ. އެހެންނަމަވެސް މިއަދު މިވާހަކަ ނުދައްކައިވެސް ވާކަށް ނުމެނެތެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި މިވަގުތު ހުރިހާ ދިވެހީންގެ ނަޒަރު ހުއްޓިފައިހުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެވުނު ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށެވެ. އަހަރެންނަށް މިޚަބަރު ލިބުނީ ގޭގައި ހުއްޓައި، މީހަކު ނިކަން އަވަހަށް ޓީވީ ޖައްސާލަބަލާށޭ، އަންނިއަށް ބޮމުގެ ހަމަލާއެއްދީ މިހާރު އެކަކު […]