މަސްޖިދުލް އަޤްސާ ހިމާޔަތްކުރައްވާ މުސްލިމުންނަށް ނަސްރު ދެއްވާށި!

މަސްޖިދުލް އަޤްޞާއަކީ ދަތުރުހަދައިގެން އެމިސްކިތްތަކަށް ދިޔުމަށް ބާރުއެޅިފައިވާ ތިން މިސްކިތުގެ ތެރެއިން އެއްމިސްކިތެވެ. މަސްޖިދުލްއަޤްޞާ ބިނާކުރެއްވީ، ސުލައިމާން ޢަލައިހިއްސަލާމް ކަމުގައި ބުނެވެއެވެ. އަދި ސުލައިމާން ޢަލައިހިއްސަލާމްގެ ކުރިންވެސް މަސްޖިދުލްއަޤްޞާ ވާކަމުގައި ބުނެވެއެވެ. އަދި ސުލައިމާން ޢަލައިހިއްސަލާމު ބިނާކުރެއްވި ބިނާއަކީ، ކުރީގެ ބިނާ އާކުރެއްވުމުގެ ގޮތުން އެޅުއްވި ބިނާއެކެވެ. އެއީ ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމުގައި ރިވާވެފައިވާފަދައިންނެވެ. އަބޫ ޛައްރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ […]
ކާފޫރުތޮޅި އަގު ބޮޑުވަނީ ކީއްވެގެންކަން އެނގޭތަ؟

ކާފޫރުތޮޅީގެ އަގު ބޮޑުވާ ސަބަބަބީ ތޮޅި ބިންނަނީ އަތުންކަމުގައިވެފައި މިކަމަށް ވަރަށްގިނަ ވަގުތު މަސައްކަތްތެރިން ހޭދަކުރަންޖެހޭތީއާއި ތޮޅިއަށް އޮންނަ ޑިމާންޑް ބޮޑުކަމުންނެވެ. ކާފޫރުތޮޅި އަތުން ބިނުމަށްފަހު ސާފުކޮށް އަދި އިރުގެ އަލިން ހިއްކާ ބާޒާރަށް ނެރެއެވެ. ދުނިޔޭގެ ބާޒާރުގައި ކާފޫރުތޮޅި ކިލޯއެއްގެ އަގު 25 ޑޮލަރާއި 30 ޑޮލަރާއި ދެމެދުގެ އަގެއްގައި ހުރިއިރު މިއީ ގާތްގަނޑަކަށް 450 ދިވެހި ރުފިޔާކަން ފާހަގަކޮށްލެވެއެވެ. ދެކުލައެއްގެ ކާފޫރުތޮޅި ހުރެއެވެ. އެއީ ކަޅު އަދި ފެހިކުލައެވެ. އެގޮތުން ފެހި ކާފޫރުތޮޅި އަގުބޮޑުކަން ފާހަގަކޮށްލެވެއެވެ. […]