ޢީދު މަރުހަބާ ކިޔާލާ މަނަދޫ އެކުވެރި ކުލަބުގެ ރަންއަޑު!

ޢީދެއް ނަމަ ނ.މަނަދޫ ރަށުތެރެއާއި ފަޅުމަތިން އިވޭ އަޑެއް މިއަދުވެސް ހަނދާނަށް އާދެއެވެ. މަނަދޫގެ ކުދިބޮޑު އެންމެންނާއި އެރަށަށް ޢީދަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ފާހަގަ ކުރެވޭނެ އެ އަޑަކީ ކޮންމެ އީދެއްގައިވެސް އިވި އިވި ހުންނަ ރަންއަޑެކެވެ. ބަނޑިޔާ ޖެހުން، ދަނޑިޖެހުން، ކުރުފަލިޖެހުން އަދި ބިލެއްދަފި ނެގުންފަދަ ހުރިހާ ހަރަކާތެއް ފުރިހަމަވެގެން އަންނަނީ މަނަދޫ އިރުމަތީ އަވަށު، އެކުވެރި ކުލަބުން ހުށަހަޅައިދޭ ފަރި ހަރަކާތްތަކަށް ދިރުން ގެނެސްދޭ އެރަން އަޑުންނެވެ. އެކުވެރި ކުލަބުގެ އަޑުތަކުގެތެރެއިން ފަނޑުކަމެއްނެތި މިއަދާ […]